-Advertisement-

-Advertisement-

އިޒްރޭލާ އެކުގައި ”ހަމަލާ މެދުކަނޑާލުމުގެ“ އެއްބަސްވުމަކަށް ދާން ތައްޔާރުވަނީ

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ފޮޓޯ: އަޒީޒް ތާހިރު/ރޮއިޓާސް

އިޒްރޭލާ އެކުގައި ”ހަމަލާ މެދުކަނޑާލުމުގެ“ އެއްބަސްވުމާއި ގާތައް ދާކަމަށް ހަމާސްގެ ލީޑަރު ހަނިއްޔާ ވިދާޅުވެއްޖެ އެވެ.

މި އެއްބަސްވުމުގެ ދަށުން ދެފަރާތުންވެސް ރަހީނު ކޮއްފައިވާ ފަރާތްތައް ދޫ ކޮއްލާ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ނިންމާނެ ކަމަށް ބެލެވެ އެވެ.

މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ދެފަރާތުގެ ވާހަކަ ދެއްކުމުގައި މެދުވެރިއެއްގެ ރޯލް އަދާކުރަމުންދާ ގަތަރުގެ ފަރާތްތަކަށް ހަމާސް ޖަމާއަތުގެ ޖަވާބު ދީފައިވާ ކަމަށް ހަނިއްޔާ ވަނީ އަންގާރަ ދުވަހު ރޮއިޓާސް ނިއުސް އެޖެންސީއަށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައެވެ.

މަޝްވަރާތައް ކުރިޔަށް ދަނީ ހަމަލާތައް ހުއްޓާލާނެ މުއްދަތާއި, ޣައްޒާއަށް އެހީ ފޯރުކޮއްދިނުމުގެ ކަންތައް ހަމަޖައްސާނެ ގޮތަކާއި މެދުގައިކަމަށާއި އަދި މިކަންކަމުގެ ބަދަލުގައި ހަމާސްއިން އަޅުވެތިކޮށްފައިވާ އިޒްރޭލުގެ ރައްޔިތުން ދޫ ކޮއްލާނެ ކަމަށް ހަމާސްގެ އިސްވެރިއެއް ކަމަށްވާ ޢިއްޒާތު އެލް ރެޝިޤް އަލްޖަޒީރާއަށް މައުލޫމާތް ދެމުން ބުނެފައިވެއެވެ. އެއްބަސްވުމުގައި މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމާއި، ޣައްޒާގެ ހުރިހާ ސަރަހައްދަކުން އެހީދޭ ފަރާތްތަކަށް އެހީގެ މުދާ އެތެރެކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، ޒަޚަމްވި މީހުން ފަރުވާއަށް އެހެން ގައުމުތަކަށް ބަދަލުކުރުމުގެ އިންތިޒާމުތައް ހިމެނޭނެ ކަމަށް ޢިއްޒާތު އެލް ރެޝިޤް ބުނެފައިވެއެވެ.

އިޒްރޭލުގެ ހަބަރުތަކުގައި ބުނާ ގޮތުގައި މި އެއްބަސްވުމުގެ ޝަރުތުތަކުގެ ތެރޭގައި އެ ގައުމުގެ އަސްކަރީ ވައިގެ އުޅަދުތައް ޣައްޒާ ވައިގެ ސަރަހައްދަށް ވަނުން މަނާ ކުރެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހު އިޒްރޭލަށް އަމާޒުކޮށްގެން ހަމާސްއިން ދިން ހަމަލާތަކަށް ފަހު އިޒްރޭލުން ޣައްޒާއަށް ހަމަލާދީ މިހާތަނަށް ފަލަސްތީނުގެ 13,000 ގިނަ މީހުން ޝަހީދުކޮއްލާފައިވާ ކަމަށެވެ.

އޭގެ ތެރެގައި 5600 ކުޑަކުދިންނާއި 3500 އަންހެނުން ހިމެނޭކަމަށް ރިޕޯޓްކުރެއެވެ.

ހަމާސް އާއި އެކުވެރި ޖަމާއަތްތަކުން އިޒްރޭލުގެ ދެކުނަށް ވަދެ 1،200 މީހުން މަރާ ގާތްގަނޑަކަށް 240 މީހުން އަޅުވެތިކޮށްފައިވާ ކަމަށް އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-