-Advertisement-

-Advertisement-

ސްޕޯރޓްސް ކޮމިޝަނަރަކަށް ތޮލާލް!

ވަޒީރުންގެ ފެންވަަރުގައި ސްޕޯރޓްސް ކޮމިޝަނަރުގެ މަގާމަށް މުހައްމަދު ތޮލާލް އައްޔަންކޮށްފި އެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ ފުރަތަމަ ފަހަރަށް ވަޒީރުންގެ ފެންވަރުގައި ސްޕޯރޓްސް ކޮމިޝަނަރު މަގާމުގެ ފަތްކޮޅު ތޮލާލަށް އަރުވާފަ އެވެ. މިހާރު އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް ކަމާއި މޯލްޑިވްސް އޮލިމްޕިލް ކޮމިޓީގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުންދާއިރު, ތޮލާލް ވަނީ ކުޅިވަރު ދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށްފަ އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުގެ ތަރުޖަމާނުކަންވެސް ކުރެއްވި އިރު ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ކަން ވެސް ތޮލާލް ފުރުއްވަމުންނެވެ. ސްޕޯރޓްސް ކޮމިޝަނަރުކަން ލިބުމާއި އެކު ތޮލާލް ވަނީ އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް ކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އެ އެސޯސިއޭޝަންގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ރައީސް ކަމުގެ މަގާމުގައި ހުރެ ފާއިތުވި 11 އަހަރު ދުވަހު ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާ ކޮށްފަ އެވެ. އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް ކަމުން ތޮލާލް އިސްތިއުފާ ދެއްވާފައި ވާކަން އަދި ރަސްމީކޮށް ހާމަކޮށްފައި ނުވެ އެވެ.

ސްޕޯރޓްސް ކޮމިޝަނަރަކީ ކުޅިވަރު ކްލަބްތަކާއި ޖަމިއްޔާތަށް ރަޖިސްޓްރީކޮށް ބަލަހައްޓާ އޮފީހުގެ އެންމެ އިސްވެރިޔާ އެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-