-Advertisement-

-Advertisement-

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމަވައިފި!

ރައީސް ޔާމީން ޕީޕީއެމުން އިސްތިއުފާ ދެއްވިކަން އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނި ކަށަވަރު ކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ޕާޓީން ވަކިވެވަޑައިގެންނެވީ ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން އެމަނިކުފާނާ ދުރަށް ޖެހިވަޑައިގެންފައިވާ ކަމަށް އެމަނިކުފާނަށް ދެކެވޭތީ ކަމަށް ޖަމީލް ޗެނަލް 13 އަށް މައުލޫމާތު ދެއްވަމުން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީން މިކަހަލަ ނިންމުމެއް މި ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ހިޔާލު ތަފާތުވުމެއް އޮތްކަމުގެ އަޑު ތަކެއް ފެތުރިފައިވަނި ކޮށެވެ.

ޕީޕީއެމް ވެސް ކޯލިޝަންގައި ހިމެނޭ މިސަރުކާރުގެ ދައުރު ފެށި 17 ނޮވެންބަރވީ ހުކުރު ދުވަހުގައިއެވެ. ބެލެވޭ ގޮތުގައި ރައީސް ޔާމީން ދަނީ އާ ސިޔާސީ ޕާޓީއެއް އުފައްދެވުމުގެ މަސައްކަތް ކުރަމުންނެވެ.

ރައީސް ޔާމީން ވަކިވުމާއި ގުޅިގެން ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް އަދި ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެކްސްގެ ޕޯސްޓެއްގައި ބުނެފައިވަނީ.. “ރ. ޔާމީނު ޕީޕީއެމުން ވަކިވެވަޑައިގެންފި. އަޅުގަނޑުމެން ބުރަ މަސައްކަތް ކުރީ ރ. ޔާމީނަށްޓަކައި. އެމަނިކުފާނު ޖަލުގައި އަނިޔާ ތަޙައްމަލް ކުރެއްވީ.

‏އެމަނިކުފާނު ރައްޔިތުން އެދުނު ގޮތަށް ރ.އިބޫގެ ވެރިކަން ބަދަލު ކުރައްވަން ހުރިހާ މަސައްކަތެއް ކޮށްދެއްވި. އެހެނަސް މިއަދު ޕާޓީގެ ލީޑަރޝިޕްގެ  ވިސްނުން އެމަނިކުފާނާ ތަފާތު އެބޭފުޅުން އެމަނިކުފާނާ ދުރައް ހިނގައްޖެ..

‏އެހެން ކަމުން އެމަނިކުފާނު ޕީޕީއެމުން އިސްތިޢުފާ ދެއްވައިފި. އަދި އެމަނިކުފާނުގެ ސިޔާސީ ވިސްނުމާ އެއްގޮތަށް ކުރިއަށްދާނެ އާ ސިޔާސީ ޕާޓީއެއް  އުފެއްދެވުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި”

 

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-