-Advertisement-

-Advertisement-

އެމްޑީޕީގެ ރައީސް އަކަށް ވަގުތީގޮތުން ރައީސް ސޯލިހު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ރައީސަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކޮށްފި އެވެ.

ރޭ އުކުޅަހުގައި ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ގައުމީ މަޖިލިސް މެންބަރު އަންވަރު އިބްރާހިމް ހުށަހެޅުއްވި މި ގަރާރުގައި ވަނީ އެމްޑީޕީގެ ގަރާރަށް ގައުމީ މަޖިލީހުގެ47 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ. މި ގަރާރުގައި ވާގޮތުން ޕާޓީގެ އެތެރޭގެ އިންތިހާބެއް ބޭއްވެންދެން ރައީސް ކަމުގެ ޒިންމާ ވަގުތީ ގޮތުން ރައީސް ސޯލިހާއި ހަވާލުކުރުމަށެވެ. އަދި ކުރީ ސަރުކާރުގެ ވަޒީރުންގެ ވެސް ދެން އަންނަ އެތެރޭގެ އިންތިހާބާއި ހަމަޔަށް ގައުމީ މަޖިލީހުގައި ހިމަނަން ވަނީ ނިންމާފަ އެވެ.

ޕާޓީގެ ރައީސްކަމަށް ރައީސް ސޯލިހު އައްޔަން ކުރެއްވި އިރު، މިވަތުގު ރައީސް ސޯލިހު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގަ އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް ނަޝީދު ވަނީ އެމްޑީޕީ ދޫކުރައްވާ އާ ޕާޓީ އެއް އުފައްދަވާފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-