-Advertisement-

-Advertisement-

ޕީޕީއެމް އިންތިހާބީ މަގާމުތަކުގައި ތިބި މެމްބަރުން ޕީއެންސީއަށް ބަދަލުވާން އަންގައިފި!

ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރި ދުވަހު އެ ސަރަހައްދުގައި ޕީޕީއެމް ސަޕޯޓަރުން. ފޮޓޯ; ނިއުސްލެބް

ޕީޕީއެމްގެ އިންތިހާބީ މަގާމުތަކުގައި ތިބި ހުރިހާ މެމްބަރުން ޕީއެންސީއަށް ސޮއި ކުރުމަށް ޕީޕީއެމްގެ ދާއިރާތަކުގެ ރައީސުންނަށް އަންގައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން ނިއުސްލެބަށް މައުލޫމާތު ލިބުނު ގޮތުގައި ޕީޕީއެމްއިން ކޮންމެ ދާއިރާއަކަށް އިންތިހާބު ކޮށްފައިވާ ސްޓިއަރިންގް ކޮމިޓީތަކުގެ މެމްބަރުން ޕީއެންސީއަށް ސޮއި ކުރުމަށް އަންގާފައިވަނީ ރޭގެ ވަގުތެއްގައި, ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް އެވެ. މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި އިސްކަންދެނީ ޕީއެންސީ މެމްބަރުންނަށް ކަމަށް ވާ އިރު, ޕީއެންސީ އިން ވަނީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ވަކި އޮފީހެއްވެސް ހަދާފަ އެވެ. މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ތޮލާލަށް ގުޅުމުން ފޯނަށް ޖަވާބު ދީފައި ނުވެ އެވެ.

ކޯލިޝަނެއްގެ ގޮތުގައި އޮވެ ވެރިކަމަށް އައި ނަމަވެސް މިހާރުގެ ރައީސް ޑރ. މުއިއްޒާއި ކުރީގެ ރައީސް ޔާމީނާއި ދެމެދު ގިނަ މައްސަލަތަކެއް ޖެހި ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެފަ އެވެ. ޕީޕީއެމުން ރޭ ރައީސް ޔާމީން ވަކިވުމާއި އެކު ޕާޓީގެ ބައެއް މެމްބަރުން ވަނީ ޕާޓީ ދޫކޮށް ރައީސް ޔާމީން އަލަށް ހަދާ ޕާޓީއާއި ގުޅޭނެ ކަން މީސް މީޑިއާގައި ހާމަ ކޮށްފަ އެވެ.

 

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-