-Advertisement-

-Advertisement-

ޢައްސާން އާއި އަބްދުއްރަހީމް ދެމިތިބޭނީ ރައީސް މުއިއްޒު އާއި އެކު!

ރައީސް ޔާމީނާއި ޢައްސާން މައުމޫން. ފޮޓޯ; ޕީޕީއެމް ސްޓޫޑިއޯ

ޢައްސާން މައުމޫނާއި އަބްދުއްރަހީމްގެ އިތުރުން ކެބިނެޓުގެ ގިނަ ވަޒީރުން ރައީސް ޑރ. މުއިއްޒުއާއި އެކު ތިބިކަން މީސްމީޑިއާ މެދުވެރިކޮށް ހާމަކުރަން ފަށައިފި އެވެ.

ދެ ރައީސުންގެ މެދުގައި މައްސަލަ ޖެހި ރައީސް ޔާމީން ޕީޕީއެމުން ވަކިވެފައިވާ އިރު, ރައީސް ޔާމީނަށް ‘ލޯޔަލް’ ބައެއް މެމްބަރުން ކެބުނެޓުގައި އެބަ ތިއްބެވެ. ނަމަވެސް މިރޭ މީސްމިޑިއާ މެދުވެރިކޮށް ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޑިފެންސް މިނިސްޓަރ ގައްސާބް މައުމޫންގެ އިތުރުން, ރައީސް ޔާމީނާއި ވަރަށް ގާތުން މިދިޔަ ދުވަސްތަކުގައި މަސައްކަތް ކުރެއްވި ކޯލިޝަން ލީޑަރު އަބްދުއްރަހީމް އަދި އިތުރު ވަޒީރުން ވަނީ ރައީސް ޑރ. މުއިއްޒު އާއި އެއްކޮށް ތިބިކަމަން ހާމަކޮށްފަ އެވެ. އޭގެތެރޭގައި ޓޫރިޒަމް މިނިސްޓަރ ފައިސަލްއާއި, ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު އަބްދުالله މުއްތަލިބާއި، އިސްލާމިކް މިނިސްޓަރ ޝަހީމް,ފޮރިން މިނިސްޓަރ ޒަމީރު އަދި އެހެން ބައެއް ބޭފުޅުންވެސް ހިމެނެ އެވެ.

ޢައްސާން މައުމޫން ކުރެއްވި ޓްވީޓްގައި ޕީޕީއެމް އޮތީ މި ސަރުކާރާއި އެކު ކަމަށާއި, ރައީސް މުއިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާ އަތް ގުޅާލައިން ތިބިކަމަށެވެ. މުއްތަލިބު ގެ ޓްވީޓްގައިވެސް ވަނީ ރައީސް ޑރ.މުއިއްޒަށް ތައުރީފު ކުރައްވާފަ އެވެ. ރައީސްގެ ސީނިއަރ އެޑްވައިޒަރު އަދި ޕީޕީއެމް /ޕީއެންސީ ކޯލިޝަންގެ ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުالله ކުރެއްވި ޓއީޓުގައި ވަނީ ޕީޕީއެމް އަދި ޕީއެންސީ އަކީ އެންމެ ފުރަތަމަ ގައުމު އިސްކުރާ ދެ ޕާޓީ ކަމށާއި މިތިބީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރާއި އެކު ފިސާރި ސާބިތުވެ ކަމަށެވެ.

ރައީސް ޔާމީނާއި ރައީސް ޑރ. މުއިއްޒުއާއި ދެމެދު ހިޔާލުތަފާތުވުންތަށް އުފެދި, ރޭ ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެފަ އެވެ. މިރެއާއި ހަމަޔަށް އެއްވެސް ވަޒީރަކު ރަސްމީކޮށް އެކަމާ ގުޅިގެން ހިޔާލު ފާޅުކޮށްފައެއް ނުވެ އެވެ.

ޕީޕީއެމުން ވަކިވެ ރައީސް ޔާމީން އަންނަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-