-Advertisement-

-Advertisement-

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަގާމުން ވަކިކޮށްފި

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަގާމަށް އައްޔަނުކުރެވުނުމުޙައްމަދު ފަހުމީ ޙަސަން، އެ މަގާމުން ވަކިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ފަހުމީ އައްޔަންކުރެވުނީ މިމަހު 20 ވަނަ ދުވަހުގައެވެ. އޭނާ މަގާމުން ވަކިކުރިކަން ރައީސް އޮފީހުންވަނީ ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް ވަކިކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

ހޯމަ ދުވަހު ފަހުމީ އާއި އެކު އިތުރު 2 ސްޓޭޓް މިނިސްޓަރުން ވަނީ އައްޔަނުކޮއްފައެވެ. ކުއްލި ގޮތަކަށް އޭނާ މަގާމުން ވަކިކުރިއިރު މިހާރު ވެސް ސަރުކާރުގެ މުހިންމު މަގާމުތަކަށް ރައީސް ޑރ. މުއިއްޒު ގެންދަވަނީ ބޭފުޅުން އައްޔަންކުރައްވަމުންނެވެ.

ފަހުމީ މަގާމުން ވަކިކުރެވުން ސަބަބާއި ގުޅޭގޮތުން ސުވާލު ކުރުމުން ވިދާޅުވީ ފަހުމީ މަގާމަށް އައްޔަނު ކުރައްވާ ވަކި ކުރެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރާއި އިހްތިޔާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ފަހުމީ އަކީ މީގެ ކުރިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ރައީސްގެ މަގާމުގައި ވެސް ހުންނެވި ބޭފުޅެކެވެ. ނަމަވެސް އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް، އެ ކޮމިޝަންގެ ރައީސްކަމާއި މެމްބަރުކަމުން އޭނާ ވަނީ ވަކިކޮށްފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން 2013 ގައި އެ ކޯޓުން ނިންމީ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ހުރިހާ އިޖްރައާތެއް ބާތިލް ކަމަށެވެ. އެހެންވެ ގެއްލުމުގެ ބަދަލު ހޯދަން ފަހުމީ ކޯޓަށް ވެސް ގޮސްފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-