-Advertisement-

-Advertisement-

“އުރީދޫ ޑްރޯން ރޭސް 2023” ޑިސެންބަރު 22 ގައި

އުރީދޫ ޑްރޯން ރޭހުގައި ބައިވެރިވުމަށް ހުޅުވާލުން ފޮޓޯ: އުރީދޫ

“އުރީދޫ ޑްރޯން ރޭސް 2023” އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މިއަހަރު އޫރިދޫއިން ބައްވާ ފަން ރަން އާއިއެކު ހުރިޔަށް ގެންދިއުމުށް ހަމަޖެހިފައިވާ މިރޭސް އޮންނާނީ ޑިސެންބަރު 22 ގައި ހުޅުމާލޭގައި އެވެ. މި ރޭހަށް ނޮވެންބަރ 23 އިން  10 ޑިސެންބަރުގެ ނިޔަލަށް ރެޖިސްޓަރ ކުރެވޭނެ ކަމަށް އުރީދޫއިން ބެނެފައިވެއެވެ. މިއީ ރާއްޖޭގައި ބޭއްވޭ ފުރަތަމަ ޑްރޯން ރޭސްކަން ފާހަގަ ކޮއްލެވެއެވެ.

ޑްރޯން ދުއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށް ބައްވާ މި ރޭހުގައި 2 ކެޓަގަރީއެއް ހިމެނެއެވެ. އެއީ “ސްކައި އެލީޓް” (އެފްޕީވީ ޑްރޯން) އާއި ނޮން-އެފްޕީވީ ޑްރޯންތަކަށް ހާއްސަކޮށްފައިވާ “ސްކައި ވޯކާ” ކެޓަގަރީ އެވެ. ސްކައި އެލީޓް ގައި 16 އަހަރުން މަތީގެ ކޮންމެ މީހަކަށް ބައިވެރިވެވޭ އިރުގައި ސްކައި ވޯކާ 12 އަހަރުން މަތީގެ ކޮންމެ މީހަކަށް ބައިވެރިވެވޭނެކަމަށް އުރީދޫއިން ބުނެއެވެ.

ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީގެ ޝަރުތުތަށް

  • 22 ޑިސެންބަރަށް 16 އަހަރު ފުރިފައިވުން
  • 30 ސެންޓިމީޓަރަށްވުރެ ބޮޑު ޑްރޯނަކަށް ނުވުން
  • ބަރުދަނުގައި 800 ގްރާމަށްވުރެ ބަރު ޑްރޯނެއް ކަމުގައި ނުވުން
  • ގޮގްލްސްގައި އެޗްޑީ ވީޑިއޯ އުފެއްދުމުގެ ގާބިލްކަން ހުރި ޑްރޯނަކަށް ވުން

ސްކައި ވޯކާ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީގެ ޝަރުތުތަށް

  • 22 ޑިސެންބަރަށް 12 އަހަރު ފުރިފައިވުން
  • ނޮން-އެފްޕީވީ ޑްރޯންއަކަށް ވުން
  • އުރީދޫއިން ދޭ ޑްރޯނެއް ބޭނުންކުރުން. އަމިއްލަ ޑްރޯން ބޭނުން ނުކުރެވޭ

އޫރިދޫ ޑްރޯން ރޭހުގައި ރެޖިސްޓްރީ ކުރާ ފަރާތްތަކުން ޕްރީ ކޮލިފިކޭޝަން ރައުންޑުގައި ބައިވެރިވެ ރޭހަށް ކޮލިފައިވާންޖެހޭނެއެވެ. މި މުބާރާތުގެ ވަނަތައް ހޯދާ ފަރާތްތަކަށް އަގު ހުރި އިނާމްތައް އުރީދޫއިން ވަނީ ހަމަ ޖައްސައިފައިއެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-