-Advertisement-

-Advertisement-

އެކްޓިންގ ކޮމިޝަނަރަކަށް ފަރުހާދު ހަމަޖައްސައިފި

ދިވެހި ފުލުހުންގެ ޚިދުމަތް ހިންގުން ޕޮލިސް އެސިސްޓެންޓް ކޮމިޝަނަރ ފަރުހާދާއި ހަވާލުކޮށްފި އެވެ. އެކްޓިންގް ކޮމިޝަނަރުގެ މަޤާމަށް ފަރުހާދު ފިކުރީ ހަމަޖެއްސެވީ، އެމަޤާމުގައި ހުންނެވި އަބްދުލް މަންނާން ރިޓަޔަރ ކުރެއްވުމުންނެވެ.

މިދިޔަ ސަރުކާރު ނިމުމުގެ 1 ދުވަސް ކުރީން އޭރުގެ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދު ރިޓަޔާރ ކުރެއްވުމުން ޕޮލިސް ސަރވިސް ހިންގުން ފުރަތަމަ ހަވާލުކުރެވުނީ ޑެޕިއުޓީ ކޮމިޝަނަރ އަބްދުލް މަންނާނުއާ އެވެ. ނަމަވެސް މަގާމާއި ހާވާލުވިތާ ދެވަނައަށްވީ ދުވަހު، މަންނާން ރިޓަޔަރކުރައްވަން ހުށަހެޅުއްވުމުން، އެކްޓިން ކޮމިޝަނަރުކަން ފަރުހާދު ފިކުރީއާއި ހަވާލު ކުރެވުނެވެ. ނަމަވެސް އޭގެ ދެދުވަސް ފަހުން އަނެއްކާވެސް އަބްދުލް މަންނާނު އެކްޓިންގ ކޮމިޝަނަރުކަމަށް އިސްކުރެވުނެވެ.

ފުލުހުންގެ ޤާނޫނުގައި ބުނާގޮތުން، ޕޮލިސް ކޮމިޝަނަރުގެ މަޤާމް ހުސްވެއްޖެނަމަ، 45 ދުވަހުގެ ތެރޭގައި އެމަޤާމަށް މީހަކު އައްޔަން ކުރަންޖެހެ އެވެ. ޕޮލިސް ކޮމިޝަނަރުކަމަކީ ކުރިމަތިލުމަށް ހުޅުވާލެވޭ މަޤާމެކެވެ. ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ފެންވަރު ބެލުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމުން މަޤާމަށް އެމީހަކު އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ފަރުހާދު ފިކުރީއަކީ 2021 ވަނަ އަހަރު ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ނިންމި އޮފިސަރެކެވެ. ފަރުހާދާއިއެކު އިތުރު 6 އޮފިސަރުން ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުން ސިވިލްކޯޓުން ވަނީ ބާތިލުކޮށްފައެވެ. ނަމަވެސް ދައުލަތުން ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމުން، ސިވިލްކޯޓުގެ ނިންމުން ތަންފީޒުކުރުން މަޑުޖައްސާލުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-