-Advertisement-

-Advertisement-

ޕޮލިސް ބޯޑަށް މެންބަރުން އައްޔަން ކުރައްވައިފި

ޕޮލިސް ބޯޑުގެ ޗެއަރޕާސަން ކަމަށް އަހުމަދު ޝަރީފު އަދި ބޯޑުގެ ނައިބަކަށް އާއިޝަތު ނޫރާ ހަމަޖައްސަވައިފިއެވެ. ޗެއަރޕާސަންއާއި ނައިބަށް މިދެބޭފުޅުން އައްޔަން ކުރެވުނީ ބޯޑުގެ ބައްދަލުވުމެއްގައި ނެގި ސިއްރު ވޯޓަކުން މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ޕޮލިސް ބޯޑަށް އައްޔަން ކުރެވޭ މެންބަރެއްގެ ދައުރަކީ 4 އަހަރެވެ.

ޕޮލިސް ބޯޑު އެކުލެވިގެންވަނީ 7 މެންބަރުންގެ މައްޗަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 2 މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ 3 މެންބަރުންނާއި ޢާއްމުކޮށް ފުރުސަތު ހުޅުވާލުމުން ކުރިމަތިލައްވާ ޢާއްމު 2 މެންބަރުންނެވެ.

ފަންނީ ތަޢުލީމާއި ތަޖުރިބާ ލިބިލައްވާފައިވާ މެންބަރުން އައްޔަން ކުރައްވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތީން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ޢާއްމުންގެ ތެރެއިން ކުރިމަތިލާ ފަރާތް އައްޔަން ކުރަނީ، ރައްޔިތުންގެ މަޖިލީހުން އެފުރުސަތު ހުޅުވާލުމުން، ކުރިމަތިލާ މީހުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ވޯޓްގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށް، އެބޭފުޅެއްގެ ނަން ފޮނުވުމުން ރައީސުލްޖުމްހޫރިއްޔާއެވެ.

މިހާރު ޕޮލިސް ބޯޑް އެކުލެވިގެންވާ ގޮތަކީ:

ޗެއަރޕާސަން- އަހުމަދު ޝަރީފް (ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި މެންބަރު)

ޗެއަރޕާސަންގެ ނައިބު- އާއިޝަތު ނޫރާ (ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މެންބަރު)

ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު- އަޙްމަދު ސަޢުދީ

ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު- އަލްއުސްތާޒް އަލީ ނަސީރު ޤާސިމް

ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު- އަޙްމަދު އަޒީމް

ޢާއްމު މެންބަރު- ޙާމިދު އަބްދުލްޤަފޫރު

ޢާއްމު މެންބަރު- އަލް އުސްތާޒާ ސަފާ ޝާރީފް

ފުލުހުންގެ ބޯޑް ހިންގުމަށް ބޭނުންވާ އިދާރީ އިންތިޒާމް ހަމަޖައްސަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-