-Advertisement-

-Advertisement-

މަޖީލީހުގައި ސުވާލުކުރެވޭ މިސަރުކާރުގެ ފުރަތަމަ ވަޒީރަކަށް ޑރ.އިސްމާޢީލް ޝަފީޢު

ފޮޓޯ; ރައީސް އޮފީސް

އަލަށް އެކުލަވާލެވުނު ރައީސް ޑރ.މުޢިއްޒުގެ ކެބިނެޓްގެ މިނިސްޓަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ސުވާލުވެވޭ މިނިސްޓަރަކަށް އެޑިއުކޭޝަން މިނިސްޓަރ އިސްމާޢީލް ޝަފީޢު ވެވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު މެންދުރު ކުރެއްވި ޓުވީޓެއްގައި މިނިސްޓަރަށް ސުވާލު ހުށަހަޅައިފިކަމަށް ބުނެފައިވެ އެވެ. އަދި މިނިސްޓަރަށް ފޮނުވި “ވަޒީރުންނާއި ސުވާލު ކުރުމުގެ ނޯޓިސް” ވަނީ މިޓްވީޓުގައި ޙިއްސާކޮށްފައެވެ.

މެންބަރު ރޮޒައިނާ އާދަމްގެ ސުވާލު ބިނާވެފައިވަނީ، 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށޭނީ ޖެނުއަރީގައި ކަމަށް މިނިސްޓަރު ވިދާޅުވެފައިވުމުން، އެކަން ކުރާނޭ ގޮތުގެ މަޢުލޫމާތު ސާފުކުރުމަށެވެ. އަދި މިކަން މިގޮތަށް ބަދަލުކުރުމުން ކުދީންގެ ކިޔެވުމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ބެލެނިވެރިން ކަންބޮޑުވާކަމަށްވެސް ރޮޒައިނާގެ ސުވާލުގައި ވިދާޅުވެފައިވެ އެވެ.

މިހާރު އޮތްގޮތަށް ދިރާސީ އަހަރު ފެށުން އޯގަސްޓަށް ބަދަލުކުރީ 2021 ވަނައަހަރުއެވެ. މިހާރު ހިނގަމުންދާ ދިރާސީ އަހަރު، 2024 ޖޫން މަހުގައި ނިމޭއިރު، ޖުލައިމަހުން ފެށިގެން ޑިސެމްބަރ މަހާއި ދެމެދު ކުދިންގެ ކިޔެވުމަށް ވާނެގޮތަކާއިމެދު ބެލެނިވެރީން ކަންބޮޑުވާކަމަށްވެސް ރޮޒައިނާގެ ޓްވީޓުގައި ބުނެފައިވެ އެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-