ރައީސް ޔާމީން އިސްވެ ހުރެ އުފައްދަވާ ޕާޓީގެ ނަމަކީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް އެވެ. ރަސްމީ ކުލައެއްގެ ގޮތުގައި ބޭނުން ކުރަނީ ގަދަ ފިޔާތޮށި ކުލައެކެވެ.
ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް އަދި ރައީސް ޔާމީން ދައުރުގެ އެންމެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައިވަނީ މާދަމާ އާ ޕާޓީ ހެއްދެވުމުގެ ހުއްދައަކަށް އިލެކްޝަން ކޮމިޝަންގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ރައްޖޭގެ ރައީސް ކަމަށް އިންތިހާބު ވުމާއި އެކުގައި ރައީސް ޔާމީންއާއި ހިޔާލުތަފާތުވެ ރައީސް ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެ ވަޑައިގެންފައިއެވެ.
މިހާރުވަނީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް އެކްސް އެކައުންޓެ ހަދާފައިއެވެ.