-Advertisement-

-Advertisement-

“މިއީ އަހަރެންގެ ރޫޙުގެ ރޫޙް…” މުޅި ދުނިޔެ ރޮއްވާލި ޣައްޒާގެ ކާފަ

މީގެ ދުވަސްކޮޅެއް ކުރިން ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގައި ހުންނަ ގެތަކަކަށް އަމާޒު ކޮށްގެން އިސްރާއީލުން ދިން ރޮކެޓް ހަމަލާއެއްގައި މަރުވި ކާފަދަރިފުޅު ރީމްގެ ހަށިގަނޑުގައި ބައްދާލައިގެން އޭނާގެ ކޯތާފަތުގައި ބޮސްދީ ލޯ ފޮހެލުމުން “މިއީ އަހަރެންގެ ރޫޙްގެ ރޫޙް” ކަމުގައި ބުނާ ވީޑިއޯއެއް ސޯސަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.

“ހަމަލާ އައި ދުވަހު، ފަތިސްވަގުތު އަހަރެންނަށް ފެނުނީ އެތައް ފުރާނަނެތް ހަށިތަކާއި އެކު އަހަރެންގެ ދެ ކުދިން ތޯރިޤް އަދި ރީމް މަރުވެފައި އޮއްވައި.. އެ ދެކުދިންގެ މުޅި ހަށިގަނޑު ހުރީ ހިރަފުހުން ފޮރުވިފަ…އަހަރެން އެ ދެ ކުދިންނަށް ގޮވަމުން ދިޔައީ ލޯބިވާ ދަރިފުޅުމެންނޭ، ހޭލާށޭ.. އަހަރެން ހީކުރީ ފަހަރެއްގައި ނިދިފައިވެސް އޮވެދާނެއޭ.. އެހެންނަމަވެސް އެ ދެކުދިން ވަނީ މި ދުނިއެއާއި އަލްވަދާއުކިޔާފަ” ކާފަ ހާދިސާ ހިނގި ގޮތް ހިއްސާކުރަމުން ކިޔައިދިނެވެ.

“ރީމް އަކީ އަހަރެންގެ ލޯބިވާ ކާފަދަރިފުޅު. އެކުއްޖާއާއި އާއިލާ އެންމެން އުޅޭނީ އަހަރެންނާއި އެކު. އެކުއްޖާ އަބަދުވެސް އުޅޭނީ އަހަރެންގެ ކައިރީގައި. އެކުއްޖާއަކީ އަބަދަށްވެސް އަހަރެންގެ ރޫޙުގެ ރޫޙް…” ކަމުގައި މި ކާފަ ވަނީ އަސަރާއި އެކު ކިޔައިދީފައެވެ.

އޭނާ އިތުރަށް ބުނެފައިވަނީ “މި ހަމަލާގައި އަހަރެންގެ އެހެން ކާފަ ދަރިފުޅެއްކަމުގައިވާ ތާރިޤް ވެސް ވަނީ ނިޔާވެފަ އަދި ރީމް އަކީ އަހަރެންގެ ހިތާ ވަރަށް ގާތް ކުއްޖެކެވެ. އަހަރުމެން ދެމީހުންގެ އުފަން ދުވަހަކީ އެއް ދުވަހެކެވެ. އަހަރުމެން ރާވަމުން ދިޔައީ އުފަންދުވަސް ފާހަގަ ކުރުމަށް ޕާޓީއެއް ބޭއްވުމަށް. ނަމަވެސް އަހަރެން އެކަނި ދެން އެދުވަސް ފާހަގަ ކުރާނީ ކިހިނެތް؟. ދުވަސް ފެށޭނީ އަދި ނިމޭނީވެސް އެކުއްޖާއާއި އެކު.  އަހަރެން އެކުއްޖާ ބުނާ ތަކެތި ގަނެދީ އެކީގައި ކުޅެ ހަދަން، އެކުއްޖާ ބޭނުންވާ ގޮތަކަށް ބޮލުފުނާ އަޅައިދެން. އަހަރެންގެ އިޙުސާސްތައް ވަނީ ހެއްދެވި އިލާޙުގެ ހަޒްރަތާއި އެކު. އަހަރެންގެ ހިތުގެ ވޭނާއި، ހިތާމައިގެ އަސަރު އެނގިވޮޑިގެންވަނީ އެ އިލާޙް އެކަނި. މިހުރިހާ ކަމަކަށް އެ އިލާޙް އިންސާފް ހޯއްދަވައިދެއްވާނެ” ކަމުގައި 60 އަހަރުގެ އަބޫ ދިއާ ނަމަކަށް ކިޔާ ކާފަ ކިޔައިދިނެވެ.

ރީމް ނަމަކަށް ކިޔާ މި ތުއްތު ކުއްޖާގެ ކާފަވަނީ އެ ކާފަދަރިފުޅުގެ ކަންފަތުގައި ލައްވައިފައިވާ ކަންފަތު މުދި ބެޖެއްގެ ގޮތުގައި ގަމީހުގެ ޖީބުގައި ހަރުކޮށްފައެވެ. “އަހަރެން އެ ކުއްޖާ ކަފުން ކުރަން ތައްޔާރު ކުރުމަށްޓަކައި ކުއްޖާގެ މޫނު ފެނުން ސާފު ކުރަމުން ގެންދިޔަ އިރު އެ ކުއްޖާގެ ކަންފަތުގައި މި މުދި އޮތް، އަނެއް ކަންފަތުގެ މުދި ވަނީ ގެއްލިފަ. އެހެންވެ ކުއްޖާގެ ފަހު ހަނދާނަކަށް އަހަރެން މި މުދި ބޭނުން ކުރަނީ ގަމީހުގެ ބެޖެއްގޮތުގަ” ކާފަ ކިޔައިދިނެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ސަރަޙައްދުގައި ހަމާސްއިން ދިން ކުއްލި ހަމަލާއާއި ގުޅިގެން، ޣައްޒާގެ އާބާދީތަކާއި، ހޮސްޕިޓަލް އަދި ސްކޫލްފަދަ ތަންތަނަށް އިޒްރޭލުން ދީފައިވާ އުދުވާނީ ރޮކެޓް ހަމަލާތަކުގައި މިހާތަނަށް ވަނީ 15،000 އަށް ވުނެ ކުށެއްނެތް ފަލަތީނުގެ ރައްޔިތުން ޝަޙީދު ކޮށްލާފައެވެ. އޭގެ ތެރެއިން 5600 އަކީ ކުޑަކުދިންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-