-Advertisement-

-Advertisement-

އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް “ދައުރު” ގެ އަހުމަދު ނާއިފްއަށް!

ނާއިފަށް ނައިބު ރައީސް އެވޯޑު ހަވާލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމުގެ މިއަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް، “ދައުރު” ނޫހުގެ އަހްމަދު ނާއިފް ހާސިލް ކޮށްފި އެވެ. މިއެވޯޑް އަހްމަދު ނާއިފްއަށް އަރުވާފައިވަނީ މިރޭ ބޭއްވުނު ނޫސްވެރިކަމުގެ އިނާމުގެ އެވޯޑް ހަފްލާގަ އެވެ. މިޙަފްލާގައި ވަނީ ނޫސްވެރިކަމުގެ އެކި ދާއިރާތަކުން އެވޯޑް ހާސިލްކުރި ފަރާތްތަކަށްވެސް އެވޯޑް ހަވާލުކޮށްފަ އެވެ. 

މިގޮތުން ނޫސްމަޖައްލާ ކެޓަގަރީގެ އެކިދާއިރާތަކުން އެވޯޑް ހާސިލްކުރި ފަރާތްތަކަކީ؛

– ދެމެހެއްޓެނިވި ތަރައްޤީއާއި އިޖްތިމާޢީ ދާއިރާއިން، “ދަރިންގެ ޚަރަދު ހޯދުން، މައިންގެ ބޮޑު ތަކުލީފެއް” – ޝަހުދާ މުޙައްމަދު (ދައުރު)

– ސިޔާސީ ދާއިރާއިން “ޚިޔާލަށް ހުރަސްއެޅި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު، ޤާނޫނު އަސާސީން ބޭރުގަ” – ނާޒިމް ޙަސަން (އަދަދު)

– ޝަރުޢީ އަދި ޤާނޫނީ ދާއިރާއިން “ޑްރަގްޑީލަރުން ޗޭނު ޖެހުން، ސުޕްރީމް ކޯޓުން ހެދީ ގޯހެއްތަ؟” –  މުޢިއްޒު އިބްރާހިމް (މިހާރު)

– ވިޔަފާރިއާއި އިޤްތިސާދީ ދާއިރާއިން  “ސޮވެރިން ފަންޑް މިހެން ހުލިވާން ދޫކޮށްނުލާ” – އަހުމަދު ނާއިފް (ދައުރު)

– ކުޅިވަރުގެ ދާއިރާއިން “ހީނާގަސްދޮށުން ނުކުތް މާ އުއްމީދީ ތަރިއެއް” – ހުސައިން ޙަބީބް (މިހާރު)

– ވީޑިއޯ ޖާނަލިޒަމް “ޑިންގީގައި ކޮންމެ ދުވަހަކު ސްކޫލަށް” – އަމާނީ އަބްދުﷲ (މިހާރު)

– ފީޗަރ ދާއިރާއިން “ދަރިންގެ ޚަރަދު ހޯދުން، މައިންގެ ބޮޑު ތަކުލީފެއް” ޝަހުދާ މުޙައްމަދު (ދައުރު)

– ފޮޓޯ ޖާނަލިޒަމްގެ ދާއިރާއިން “ބިންވެރިއެއް، އެކަމަކު އެންމެ ހާލުގައި އުޅޭ މީހާ” – ފަޔާޒް މޫސާ (މިހާރު)

– ތަޙުޤީޤީ ނޫސްވެރިކަމުގެ ދާއިރާއިން “ނިރުފެހިގޭގެ އަލިފާން، ގާރާޖުގައި ހުރި ދެ ގޭސް ސިލިންޑަރުގެ ޙަޤީޤަތަކީ ކޮބާ؟” – އަހުމަދު މިޒްޔާލް (ދައުރު)

މިޙަފްލާގައި މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ އަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ލިބިފައިވަނީ މުޙައްމަދު ނާއިލް ހަފީޒް (ސަން އޮންލައިން) އަށެވެ.މީގެ އިތުރުން މި ހަފްލާގައި ހަޔާތީ އަރުތައިގެ އެވޯޑު ދެ ފަރާތަކަށް ވަނީ އަރުވާފައެވެ. އެއީ އަހުމަދު ޒާހިރު (ހިރިގާ) އަދި އަބްދުالله ރަމީޒް އެވެ.

އަހުމަދު ޒާހިރަށް އެވޯޑު ހަވާލު ކުރަނީ ފޮޓޯ; ރައީސް އޮފީސް

ނޫސްވެރިކަމުގެ އިނާމުގެ އުސޫލުގެ ދަށުން އިނާމްލިބެނީ ފަނޑިޔާރުންގެ އެވަރެޖް މާކްސް %65 އަށްވުރެ މަތިންލިބޭ ހުށަހެޅުންތަކަށެވެ. މިގޮތުން ބްރޮޑްކާސްޓިންގ ކެޓަގަރީގެ ފީޗާ ދާއިރާއާއި ޝަރުޢީ އަދި ޤާނޫނީ ދާއިރާއިން ހުށަހެޅުނު ހުށަހެޅުންތަކަށް އެވޯޑް ލިބޭވަރަށް މާކްސް ލިބިފައި ނުވާތީވެ މިދާއިރާތަކުގެ އެއްވެސް އުފެއްދުމަކަށް މިއަހަރު އެވޯޑްދީފައެއް ނުވެ އެވެ.

ނޫސްވެރިކަމުގެ އިނާމު ހަފްލާއަކީ 2014 ވަނަ އަހަރުންފެށިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ބާއްވަމުން ގެންދަވާ އެވޯޑް ހަފްލާއެކެވެ. މިއަހަރުގެ އެވޯޑްތަކަށް 168 އުފެއްދުމެއް ހުށަހަޅާފައިވެއެވެ. މިއަހަރުގެ ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، އަލްއުސްތާޒް ހުސައިން މުޙައްމަދު ލަތީފެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-