-Advertisement-

-Advertisement-

ޖޭޕީގެ ޓީމެއް ރައީސް މުއިއްޒުގެ އަރިހަށް!

ޕީއެންސީގެ އިސް ބޭފުޅުންނާއެކު ޖުމްހޫރީ ޕާޓީން ބޭއްވި ބައްދަލުވުން (ފޮޓޯ/ ނިހާން، އެކްސް)

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޑެޕިއުޓީ ލީޑަރު އާއިޝަތު ނަހުލާ އިސްވެ ހުންވައި، އެ ޕާޓީގެ އިސް ޓީމެއް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރޭ ބައްދަލުކުރައްވައިފިއެވެ. ނަހުލާ އަކީ ނިމިދިޔަ ސަރުކާރުގައި ޓްރާންސްޕޯރޓް މިނިސްޓަރެވެ.

މިބައްދަލުވުމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ޖޭޕީ އާއި ޕީއެންސީއާ އެކު ބޭއްވި ބައްދަލުވުމެއް ކަމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހު ވަނީ ވިދާޅުވެފައިއެވެ. އޭނާ ބުނެފައިވަނީ މަޝްވަރާގެ ތަފްސީލް މިވަގުތު ހާމަ ކުރެވެން ނެތް ކަމަށާއި އަދި ފަހުން އަޕްޑޭޓް ދޭނެ ކަމަށެވެ.

މިބައްދަލުވުމުގައި އާއިޝަތު ނަހުލާ އިތުރުން ޖޭޕީގެ އިސް ބޭފުޅުން ބައިވެރި ވެފައިވެއެވެ. މީގެ ތެރޭގައި އަހުމަދު ނިހާނާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ރިޔާޒް ރަޝީދު އަދި ސެކްރެޓަރީ ޖެނެރަލް އަޒްލީން އަހުމަދު ހިމެނެއެވެ.

ޕީއެންސީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރި ވެފައިވަނީ ރައީސް ޑރ.މުއިއްޒު އާއި ޕީއެންސީގެ ޗެއާޕާސަން އަދި އެ މަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފާއި ޕީއެންސީގެ ނައިބު ރައީސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު އަދި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-