-Advertisement-

-Advertisement-

އެމްޑީޕީގެ މަޝްވަރާ ބައްދަލުވުމެއް ރޭ ބާއްވައިފި

އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ނުރަސްމީ ގައުމީ މަޖިލީހުގެ ބައްދަލުވުން (ފޮޓޯ:އެމްޑީޕީ)

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީން ރޭ މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ. މީގެ އިތުރުން މިބައްދަލުވުމުގައި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަށް ބަދަލުތަކެއް ގެނައުމަށްވެސް އެމް.ޑީ.ޕީގެ ފަރާތުންވަނީ މަޝްވަރާ ކޮށްފައިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރޭ ބޭއްވި ބައްދަލުވުމުގައި ކެބިނެޓުން ފަސް މިނިސްޓަރަކަށް ރުހުން ނުދޭން މަޝްވަރާ ކޮށްފައިވެއެވެ. އޭގެ ތެރެއިން ދެ މިނިސްޓަރަކަށް ރުހުން ނުދިނުމަށް ޕީޖީ ގްރޫޕް އިއްތިފާގުވެ އެވެ.

މިބައްދަލު ވުމުގައި 2024 ވަނަ އަހަރުގެ ބަޖެޓާއި ބެހޭގޮތުން ކުރެއްވި މަޝްވަރާއަކީ ފުށި ދިއްގަރު މަޝްރޫއު ކުރިއަށްގެންދަން ދައުލަތުން ބޮޑު ހަރަދެއް ކުރަން ނުޖެހޭ ފޯމިއުލާއެއް ބޭނުންކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ، އެހާ ބޮޑު އަދަދެއް އެ މަޝްރޫއަށް ހަރަދުކުރުމަކީ ބޭނުންތެރިކަމެއް ނޫނެވެ. ފުށި ދިއްގަރު ހިއްކުމަށް ހިމަނާފައިވާ 400 މިލިއަން ރުފިޔާ ސަރުކާރުގެ އެހެނިހެން ހައުސިން މަޝްރޫއުތަކަށް އެލޮކޭޓުކުރުން ހިމެނެ އެވެ.

މަޖިލީހުގެ މެޖޯރިޓީއަކީ އެމް.ޑީ.ޕީއެވެ އެއީ 55 ގެ މެމްބަރުނެވެ. ވަޒީރުންނަށް ރުހުން ނުދޭން ފާސްކުރުމުގެ ބާރު އެޕާޓީއަށް އެބަ އޮތެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-