-Advertisement-

-Advertisement-

ރައީސް ޑރ. މުއިއްޒު ފުރަތަމަ ރަސްމީ ދަތުރުފުޅު ތުރުކީއަށް

ރައީސް މުއިއްޒުގެ ދެކަނބަލުން ތުރުކީއަށް ފުރާވަޑައިގަތުމަށް ބޯޓަށް އަރާވަޑައިގަންނަވަނީ. (ފޮޓޯ: ރައީސް އޮފީސް)

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދެކަނބަލުން، ފުރަތަމަ ރަސްމީ ދަތުރުގައި މިއަދު ތުރުކީއަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ ރައީސް މުއިއްޒު މިއަދު ތުރުކީ އަށް ފުރާވަޑައިގެންނެވީ އެގައުމުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާންގެ ދައުވަތަކަށް ކަމަށެވެ. ހާލީލް ވިދާޅުވީ ރާއްޖެއާ ތުރުކީއާ ދެމެދު ގުޅުން ބަދަހި ކުރުމަށާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް އެ ދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެކަމަށެވެ.

ތުރުކީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ޔޫއޭއީއަށް ވަޑައިގަތުމަށް ވެސް ހަމަޖެހިފައިވާއި ޔޫއޭއީއަށް ކުރައްވާ ދަތުފުޅަކީ އެ ގައުމުގައި ބާއްވާ ކޮޕް 28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-