-Advertisement-

-Advertisement-

އަންނަ ހުކުރު ދުވަހު ފަލަސްތީނަށް އެހީވުމަށް އާބަންކޯގެ ހާއްސަ ހަރަކާތެއް

އާބަންކޯގެ ފަރާތުން އަންނަ ހުކުރު ދުވަހު ފަލަސްތީނަށް އެހީވުމަށް ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. މި ހަރަކާތަކީ މީގެ ކުރިން އެ ކުންފުނިން ބޭއްވުމަށް ނިންމިނަމަވެސް އޭރު މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރެވުނު ހަރަކާތެކެވެ.
އާބަންކޯގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިހަރަކާތް އޮންނާނީ ހުޅުމާލެ ފޭސް އެކެއްގެ ރުއްގަނޑު ދޭއް ސަރަހައްދުގައި ޑިސެންބަރ 1 ވާ ހުކުރު ދުވަހުއެވެ.
މިއިވެންޓްގައި ފުޑް ސްޓޯލް، ޖަމްބަލް ސޭލް އަދި ކުޑަކުދިންނަށް ހާއްސަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެފަރާތުން މައުލޫމާތު ދީފައިވެއެވެ. އަދި މިހަރަކާތްތައް ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދެވިގެންދާނެ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވާފައިވެއެވެ.
އާބަންކޯގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް އެންމެހާ ބޭފުޅުންނަށް ދައުވަތު އަރުވާ ކަމަށް އެކުންފުނިންވަނީ ބުނެފައިއެވެ.
ސަރުކާރު އެކި އިދާރާ ތަކުން ޕަސަލްތީނަށް އެހީ ވުމަށް އެކި އެކި ހަރަކާތްތަށް ދަނީ ހިންގަމުންނެވެ. އަދި އަމިއްލަ ފަރާތް ތަކުން ވެސް ގިނަގުނަ އެހީ ދަނީ ވަމުންނެވެ. މީގެ އިތުރުން އެއްވުން ތަކާއި ހިންގާލުންތަށް ވެސް މިކަމާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަދެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-