-Advertisement-

-Advertisement-

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް އަނިޔާ ދެނީ ޖަމީލު އާއި މަލީހް ކަމަށް

ފޮޓޯ: ނިއުސްލެބް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު، އަބްދުއްރަހީމް ވިދާޅުވެފައިވަނީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް އަނިޔާ ދެމުން އަންނަނީ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރ މުހައްމަދު މަލީހް ޖަމާލާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލް، ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަމަށެވެ.
ސަންގު ޓީވީން ރޭ ގެނެސްދިން “ޚަބަރަށްފަހު” ޕްރޮގްރާމްގައި ނޫސްވެރިޔާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިހެން އަބްދުއްރަހީމް ވިދާޅުވެފައިވާއިރު ނޫސްވެރިޔާ ވަނީ ރައީސް ޔާމީނަށް ތަފާތު އެކި އިންޒާރު ދެނީ ކީއްވެތޯވެސް ސުވާލު ކުރައްވާފައެވެ.
ރައީސް ޔާމީނަށް އެއްވެސް އިންޒާރެއް ދެއްވާފައި ނުވާނެ ކަމަށާއި އެމަނިކުފާނަށް އެއްވެސް އިންޒާރެއް ދެއްވައިފިނަމަ، އެ އިންޒާރެއް ދެއްވާނީ ޖަމީލް އާއި މަލީހް ކަމަށް އެސުވާލުގެ ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ޖަމީލް އާއި މަލީހް އަކީ ރައީސް ޔާމީނަށް ލިބޭ އަނިޔާގެ އެންމެ ބޮޑު ހިއްސާވާ ދެމީހުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޖަމީލް އާއި މަލީހު އަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ލާހޫރޭ ދެމީހުން ކަމަށާއި އެދެބޭފުޅުން ނޫޅުއްވާ ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-