-Advertisement-

-Advertisement-

ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދުމުގެ ހުއްދައަކަށް އެދިއްޖެ

ރައީސް ޔާމީންގެ މަންދޫބުން ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދެވުމަށް އިލެކްޝަން ކޮމިޝަންގައި. ފޮޓޯ: ނިއުސްލެބް

ކުރިންވެސް ހީކުރެވިފައިވާ އޮތްގޮތަށް ރައީސް ޔާމީން އުފައްދަވާ އާ ޕާޓީ އުފައްދުމުގެ ހުއްދައަކަށް މިއަދު އިލެކްޝަން ކޮމިޝަންގައި އެދިިއްޖެއެވެ. ރައީސް ޔާމީން އުފައްދަވާ އާ ޕާޓީގެ ނަމަކީ “ޕީޕަލްސް ނެޝަނަލް ފްރޮންޓް” އެވެ. ރޭގެ ވަގުތެއްގައި ވަނީ ޕާޓީގެ ލޯގޯ އާއި ކުލަ އަލަށް ދައްކާލާފައެވެ.

ޕާޓީގެ މުއައްސިސުންގެ ގޮތުގައި 8 ބޭފުޅުން ތިއްބަވާން ރައީސް ޔާމީން އެދިވަޑައިގަންނަވާކަމަށް ނޫސްވެރިންނާއި ވާހަކަދައްކަމުން މަލީހް ޖަމާލް ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި ޔާމީންގެ ޤާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލާއި، ޔާމީނުގެ ދަރިކަލުން ޒޭން ޔާމީނާއި، ދެދުވަހެއްކުރިން ޕީޕީއެމްއިން ވަކިކުރި މަލީހް ޖަމާލާއި ޔާމީންގެ ވެރިކަމުގައި މުލިއާގޭ ޗީފް އޮފް ސްޓާފަކަށް ހުންނެވި އަހުމަދު މުސްތަފާއާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ހިމެނިވަޑައިގަންނަވައެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުންގެ ޤަވާއިދުގައިވާގޮތުން ޕާޓީ އުފައްދަން ހުއްދަދެނީ އެންމެ ބޭފުޅަކަށްކަމަށްވާތީ މުވައްސިސަކަށް ރައީސް ޔާމީންގެ ދަރިކަލުން ޒޭން ޔާމީން ހަމަޖައްސަވަން ނިންމަވާފައިވާކަމަށްވެސް މަލީހް ވިދާޅުވިއެވެ. އަރިސް ބޭފުޅުންގެ ނަމުގައި ޕާޓީ އުފައްދަވަން ހުށަހަޅާފައި މިވަނީ، ޖަލު ހުކުމެއްގައި ހުންނަވައިގެން ރައީސް ޔާމީނަށް ޕާޓީއެއް އުފެއްދިދާނެކަމަށް ސުވާލު އުފެދިފައިވާއޮތް ދަނޑިވަޅެއްގައެވެ.

މިހާރު ޕީޕީއެމް ހިންގަމުން ގެންދާ އޮފީސް ހުސްކުރަން، އިމާރާތުގެ ވެރިފަރާތުން އަންގާފައިވާއިރު، އެންމެ ބޮޑަށް ޤަބޫލުކުރެވެނީ ޕީޕަލްސް ނެޝަނަލް ފްރޮންޓްގެ އޮފީސް އެއިމާރާތުގައި ޤާއިމްކުރާނެކަމަށެވެ.

 

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-