-Advertisement-

-Advertisement-

މިނިސްޓްރީގެ ދަށުން ހިންގާ ޔުނިފޯމް ހުރިހާ މުއައްސަސާއެއްގެ އަސާސީ ތަމްރީނަކީ އެއް ތަމްރީނަކަށް ހަދަނީ

ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމްގެ 28 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިނިސްޓަރ ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: މިނިސްޓަރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

މިނިސްޓަރ ޢަލީ ޢިޙްސާން މިހެން ވިދާޅުވީ ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމްގެ 28 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވިސްނުމަކީ މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ޔުނިފޯމް ހުރިހާ މުއައްސަސާއެއްގެ އަސާސީ ތަމްރީނަކީ އެއް ތަމްރީނަކަށް ހެދުން ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ ޢިޙްސާން ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ މުއައްސަސާއަކުން ތަމްރީނުކުރާ އޮފިސަރުންނަކީ އެ މުއައްސަސާއެއްގެ އެންމެ ބޮޑު އެއް ރައުސުލްމާލު ކަމަށާއި އެއިރެއްގަ ދެވެންއޮންނަ އެންމެ މޮޅު ތަމްރީނެއް އެ މުއައްސަސާއެއްގައި ތިބޭ އޮފިސަރުންނަށް ދެވޭތޯ ބައްލަވާނެ ކަމަށެވެ. އަދި އެ ތަމްރީނުކުރާ އޮފިސަރުންނަކީ ވަކި ގޮތަކަށް ބައްޓަންކުރެވި، ގައުމާދޭތެރޭ ވަކި ގޮތަކަށް ދެކޭ، އިސްލާމް ދީނަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތައި ގާނޫނު ނެގެހެއްޓުމުގެ ފުރިހަމަ ގާބިލްކަން ލިބިފައިތިބި އޮފިސަރުންނަށް ހެދުން ކަމަށް މިނިސްޓަރ ޢަލީ ޢިޙްސާން ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ގިނަ އިދާރާތަކެއް ވަނީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒާރާގެ ދަށަށް ބަދަލުކޮއްފައެވެ. އޭގެ ތެރޭގައި މޯލްޑިވްސް އިމިގްރޭޝަން, ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް), ނޭޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ), ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) ހިމެނެއެވެ، މީގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތް, މޯލްޑިވްސް ކަރެކްޝަނަލް ސަރވިސެސް, މޯލްޑިވްސް ކަސްޓަމްސް ސަރވިސް ކުރިންވެސް ހިންގަމުންދިޔައީ ހޯމް މިނިސްޓްރީގެ ދަށުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-