-Advertisement-

-Advertisement-

ރޯދައަށްފަހު މަޖިލިސް އިންތިޚާބު ބާއްވަން ހުށަހަޅަން ކޮމިޓީން ފާސްކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ރޯދަމަހަށްފަހު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމަށް މިހާރު ހިނގަމުންދާ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން އިން ވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެ ކޮމިޓީއަށް ރޯދަމަހުގެ ކުރިން މަޖިލީހުގެ އިންތިހާބު ބާއްވަން ހުށައަޅާފައެވެ. އީސީން އެގޮތަށް ހުށަހެޅީ އަންނަ އަހަރުގެ މަޖިލިސް އިންތިޚާބު ރޯދަމަހުގެ ފަހު ދިހައާ ދިމާވާތީއެވެ. އެހެންކަމުން ރޯދައިގެ ކުރިން އިންތިޚާބު ބޭއްވޭނެ ގޮތަށް ގާނޫނަށް އިސްލާހެއް ގެންނަން އީސީއިން މަޖިލީހުގައިވަނީ އެދިފައެވެ.

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބާ ގުޅޭގޮތުންނާއި  އެ ކަމުގައި އެ ކޮމިޓީގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތް ސާފުކުރުމުގެ ގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ މިއަދު ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ރޯދަ މަހުގެ ފަހުން މަޖިލިސް އިންތިޚާބުގެ ވޯޓުލުން ބާއްވައި، އެޕްރީލް 28ގެ ކުރިން އިންތިޚާބުގެ ކަންކަން ނިންމަން އިލެކްޝަނަށް ހުށަހަޅަން ނިންމުމަށް ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ވަނީ ހުށައަޅާފައެވެ. އަދި އެއަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ތާއީދުކޮށްފައެވެ. އެއާއެކު ކޮމިޓީގެ މެމްބަރުންގެ މެެދުގައި ނެގުނު ވޯޓުން އެ ހުށަހެޅުންވަނީ ފާސް ވެސް ކޮށްފައެވެ.

“އެހެންވީމާ ރަމަޟާން މަސް ނިންމައިފައި ބޭއްވެން އޮތް އެންމެ އަވަސް ތާރީޚެއްގައި އިންތިޚާބު ބާއްވަން މި ކޮމިޓީން ރިކޮމެންޑްކުރާކަމަށް މި ކޮމިޓީން އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވާނަން ކޮމިޓީގެ ފަރާތުން މިއަދު،”- ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް

މިހާރު ކުރިއަށް ދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު އަންނަ މެއި މަހުގެ 28ގައި ހަމަވާނެއެވެ. މީގެ ކުރިން އޮތް ކޮމިޓީގައި ވާހަކަދައްކަވަމުން އިލެކްޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ގާނޫނު ބުނާ ގޮތުން ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިޚާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހޭކަމަށެވެ.

ގާނޫނުގައި ބުނާ ތާރީޚުތައް ތަރުތީބުކުރުމުން އިންތިޚާބު ބޭއްވެނީ މާޗު 19ގައި ކަމަށް ހަބީބް ވިދާޅުވިއެވެ. އެއީ ރޯދަ މަހުގެ ތެރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-