އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސެއިން ޖަވާޒު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ނިއުސްލެބަށް މައުލޫމާތް ދެއްވަމުން ޖަވާޒު ވިދާޅުވީ އިސްތިއުފާ ދެއްވާފައިވަނީ މިހާރުގެ ކަންތައްތައް ހުރިގޮތުން މަގާމުގައި ހުރެވެން ނެތުމުން ކަމަށެވެ. އަދި އިސްތިއުފާގެ ސިޓީ އެފްއޭމަށް ހުށަހަޅާފައިވާ ކަމަށާއި ސިޓީ ވަނީ ބަލައިގަނެފައި ކަމަށް ވެސް ޖަވާޒު ވިދާޅުވި އެވެ.
މިދުވަސްވަރަކީ އެފްއޭއެމްއަށް މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއްދިމާވެފައިވާ އަދި މަނީ ލޯންޑަރިންގެ ތުހުމަތު އެފްއޭއެމްގެ އިސްވެރިންނަށް ކުރެވި ފުލުހުން މައްސަލަ ބަލަމުންދާ ދުވަސްވަރެކެވެ. ދިވެހި ލީގު ރަނގަޅަށް ކުރިއަށް ނުގޮސް، އެފްއޭއެމް ގެ މުވައްޒަފުންނާއި ލީގު މެޗުތަކުގައި ބޯޅަ ހޮވައިދޭ ކުދިންނަށް ވެސް މުސާރަ ނުދޭ މައްސަލަތަށް ވެސް ވަނީ ގިނަ ވެފަ އެވެ.
ޖަވާޒު އިސްތިއުފާ ދިން އިރު އަންނަ އަހަރު އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގައި އައު އެކްސޯއެއް ހޮވާނެ އެވެ.