-Advertisement-

-Advertisement-

އީޔޫން އެއްބަސްނުވިޔަސް ފަލަސްތީނު ބަލައިގަންނާނަން: ސްޕެއިން

ޔޫރަޕް އިއްތިހާދުން އެއްބަސްނުވިޔަސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެއެވެ. ސަންޗޭޒް މިހެން ވިދާޅުވީ ޣައްޒާއާ މިސްރު ގުޅޭ ރަފަޙް ބޯޑަރުގެ މިސްރު ފަޅީގައި ހުންނަވާ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ކަމަށް މިޑްލް އީސްޓް މޮނިޓާއިން ރިޕޯޓުކޮށްފައިވެއެވެ. 

ސަންޗޭޒް ވައުދުވެވަޑައިގެންފައި ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަކީ ކުރިއަށް އޮތް ދައުރުގައި އިސްކަންދޭނެ ކަމެއް ކަމަށެވެ. ސަންޗޭޒް އަކީ ސްޕެއިންއަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ބޮޑުވަޒީރެވެ.

ސަންޗޭޒް މިސްރަށާއި ފަލަސްތީނަށް ކުރެއްވި ދަތުރު ކުރައްވާފައިވާއިރު މިދަތުރު ފުޅުގައި ބެލްޖިއަމްގެ ބޮޑުވަޒީރު، އެލެގްޒެންޑަރު ޑި ކްރޫ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދެ ލީޑަރުން ވަނީ ޣައްޒާގެ އާންމުން ރައްކާތެރިކޮށް ބައިނަލްއަޤުވާމީ އިންސާނީ ގާނޫނަށް އިސްރާއީލުން އިހުތިރާމް ކުރުމަށް ގޮވައިލައްވައިފައެވެ.

އަދި ހުކުރު ދުވަހު މިދެލީޑަރުން ވަނީ ނޫސްވެރިންނާއި ބައްދަލު ކުރައްވާފައިއެވެ. މިބައްދަލުވުމުގައި އެދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުތަކަށް ފަހު، އިސްރާއީލުގެ ޚާރިޖީ ވަޒީރު އެލީ ކޯހެން ވަނީ ތެލް އަވީވްގައި ތިބި ސްޕެއިން އާއި ބެލްޖިއަމްގެ ސަފީރުންނަށް ފާޑުވިދާޅުވެފައެވެ.

ސަންޗޭޒް ވިދާޅުވީ ބައިނަލްއަޤުވާމީ ގާނޫނުތަކަށް ތަބާނުވެ، ކުށެއް ނެތް އެތައް ހާސް ކުދިންނެއް އިސްރާއީލުން މަރާލާފައިވާ ކަމަށެވެ. 

އަދި އެލްގްޒެންޑާ ވިދާޅުވީ ބެލްޖިއަމުން ފަލަސްތީނު ދައުލަތް ބަލައިގަތުމުގެ ކުރިން ހަމާސްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ތިބި މީހުން މިނިވަންކޮށް، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން ޖެހޭނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-