-Advertisement-

-Advertisement-

ވިނަރެސްގެ އަގުހެޔޮ ކުރުން އަވަސްކޮށްދޭން ރައީސަށް ދަންނަވަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އަވަސްކޮށްދޭން އެދި އެމަނިކުފާނަށް ހުށަހަޅަން ނިންމައިފި އެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ފެށި މެދުފަންތީގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން އިމާރާތް ކުރެވިފައިވާ ވިނަރެސް ފުލެޓްތަކުގެ އަގު ނިމިދިޔަ ސަރުކާރުން ކަނޑައަޅާފައިވަނީ ކުރިން ޕްލޭންކޮށްފައި އޮތް އަގަށްވުރެ ބޮޑުކޮށެވެ. ޑައުން ޕޭމަންޓްގެ ގޮތުގައި އެވްރެޖްކޮށް 375،000 ރުފިޔާ އާއި 500،000 ރުފިޔާ އާއި ދެމެދުގެ އަގުތަކެއް ނަގާފައިވާއިރު 

މަހު ކުލީގެ ގޮތުގައި މަހަކު 16،000 ރުފިޔާއަށް ވުރެ ބޮޑު ޢަދަދެއް ދައްކަންޖެހެ އެވެ. މި އަގުތައް ކުޑަކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް، އެ ވައުދުގެ ވާހަކަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނެތުމުގެ ސަބަބުން އެތައް ބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރަން ގިނަ ބަޔަކު ބައިވެރިވެގެން ސިޓީއެއް ހުށަހެޅުމުގެ މަސައްކަތް ފަށާފައި ވާއިރު މިހާތަނަށް 100 އެއްހާ މީހުން ސޮއިކޮށްފައިވާ ކަމަށް، މިކަމުގައި އިސްކޮށް އުޅުއްވާ ޔާމީން އިދުރީސް ވިދާޅުވި އެވެ.

ޔާމީން އިދުރީސް ވީދާޅުވީ ވީއެންމެ އަވަހަކަށް ވިނަރެސްގެ މަހު ކުއްޔާއި ޑައުންޕޭމަންޓްގެ އަގު ކުޑަ ކުރުމުގެ ވައުދު ރައީސް ފުއްދަވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. 

ސިޓީގައި އެދިފައިވަނީ ވިނަރެސް ފުލެޓްގެ މަހުކުލި މެއިންޓެނެންސްފީއާ އެކު 8000 ރުފިޔާއަށް ވުރެ ބޮޑުނުވާނޭ ގޮތަށް ހަމަޖެއްސުމާއި ޑައުންޓްޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު 100،000 ރުފިޔާއަށް ވުރެ ބޮޑުނުވާނޭ ގޮތަށް ހަމަޖައްސައިދިނުމެވެ. އަދި ފުރަތަމަ ތިން މަހު ކުލި ދައްކަން ނުޖެހޭނެ ގޮތް ހަދައިދިނުމަށް ވެސް އެދިފައިވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-