2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ފެށޭ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ގައުމީ ޔުނިވަރސިޓީން ހުޅުވާލައިފިއެވެ.
ހުޅުވާލައިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެފަރާތުން ދީފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފެބްރުއަރީ މަހުގައި 89 ކޯހެއް ފެށުމަށް ހަމަޖެހިފައިވާއިރު 12 ދާއިރާއެއްގެ ކޯސްތައް ހިމެނެ އެވެ. އެގޭ ތެރޭގައި ސިއްޙީ ދާއިރާ އާއި ތައުލީމީ ދާއިރާއާ ގުޅޭ ކޯސްތައް ގިނަކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި ބެޗްލާސް ޑިގްރީ ފެންވަރުގެ ކޯސްތައް އަދި މާސްޓާސް ލެވެލްގެ ކޯސްތައްވެސް ހިމެނެއެވެ.
ގައުމީ ޔުނިވަސިޓީ އަކީ ދިވެހި ރާއްޖޭގައި މަތީ ތައުލީމަށް އެންމެ ގިނަ ދަރިވަރުން ތަފާތު ދާއިރާތަކުން ކިޔަވަމުން އަންނަ ތަންކަން ފާހަގަ ކޮށްލަން ޖެހޭއިރު، ކޮންމެ އަހަރަކުވެސް އެތައް ބައިވަރު ދަރިވަރުން ތަކެއް ކޯސްތައް ނިންމުމަށް ފަހު ދަސްވެނިމޭކަން ފާހަގަ ކޮށްލެވެއެވެ.
ގައުމީ ޔުނިވަސިޓީ އިން ފެބްރުއަރީގައި ފަށާ ކޯސްތައް އެޔުނިވާސިޓީ ވެބްސައިޓުން ފެންނަންހުންނާނެ ކަމަށް އެޔުނިވާސިޓީއިން ބުނެއެވެ.