-Advertisement-

-Advertisement-

ޕީޕަލްސް ނޭޝަނަލް ފްރޮންޓް މެމްބަރޝިޕްފޯމް ފުރަންފަށައިފި

ރައީސް ޔާމީންގެ އާ ޕާޓީއަށް ސޮއި ކުރުމަށް ރައްޔިތުން އެޕާޓީ އޮފީހުގައި. ފޮޓޯ: ސޯޝަލް މީޑިޔާ

ރައީސް ޔާމީން އުފައްދަވާ އާ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް އަށް މެންބަރޝިޕްފޯމް ފުރަން ފަށައިފިއެވެ. މިރޭގެ ވަގުތެއްގައި ޕީއެންއެފް އޮފީހުގައި ފޯމް ފުރަން ފަށާފައިވާއިރު، ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި މިއަދު ހެނދުނު ވަނީ ހުށަހަޅާފައެވެ. ޕާޓީ މުއައްސިސަކަށް ހަމަޖައްސަވާފައިވަނީ ދަރިކަލުން ޒެއިންއެވެ.

ފޯމް ފުރުމުގައި އުޅުއްވާ އިސް އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި ޕީއެންއެފް އޮފީހަށް ވަރަށް ގިނައަދަދެއްގެ މީހުން ފޯމް ފުރުމަށް ދަނީ ޖަމާވަމުންނެވެ. މިރޭ 9 ޖެހިއިރު ފޯމްފުރަން ފެއްޓިފަހުން 500 އަށްވުރެގިނަ ފޯމް މިވަގުތާއި ހަމައަށް ފުރާފައިވާކަމަށާއި ޚުދު ރައީސް ޔާމީންވެސް އޮފީހަށް ދުރުވެ މަސައްކަތްތައް ވިލަރެސްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ އޮފީހަކަށް ހަމަޖައްސައި ބޭނުންކުރަމުންދަނީ ކުރީން ޕީޕީއެމްގެ އޮފީސް ހުރި ޢިމާރާތް ހ. ހުރަފާ އެވެ. ރައީސް ޔާމީން ޕީޕީއެމްއިން ވަކިވިކަން އިޢުލާންކޮށް އާ ޕާޓީއެއް އުފެއްދުމަށް މަސައްކަތްފެށި ހިސާބުން ޕީޕީއެމްގެ އޮފީސް ހުސްކުރަން އިމާރާތުގެ ވެރިފަރާތުން ވަނީ ޕީޕީއެމްއަށް ވަނީ އަންގާފައެވެ. އެފަރާތުން ޕީޕީއެމްއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެޢިމާރާތުން އޮފީހެއް ހެދުމަށް ކުއްޔަށްދިނީ ރައީސް ޔާމީންއަށް ކަމަށާއި ޕީޕީއެމްއަށް ނޫންކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-