-Advertisement-

-Advertisement-

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އޮޕަރޭޝަން ކުރި ފަހުން ވެންޓިލޭޓަރުގައި

ހުޅުމާލޭގައި 2022ވަނަ އަހަރު ހިނގި އެކްސިޑެންޓެއްގައި ސައިކަލެއް ވަރަށް ބޮޑަށް ހަލާކުވެފައި. ފޮޓޯ: ދައިރު

2023 ނޮވެމްބަރ 20 ވީ ހޯމަ ދުވަހުގެރޭ ހުޅުމާލެ ސެންޓަރަލް ޕާކް ކައިރީގައި ކާރެއް ކޮންޓްރޯލް ނުކުރެވި ގޮސް ސައިކަލްތަކެއްގައި ޖެހި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެކަކުގެ އަތް އޮޕަރޭޝަން ކުރުމުގެ ސަބަބުން އޭނާގެ ހާލު އިތުރަށް ސީރިއަސްވެ ވެންޓިލޭޓަރަށް ލައިފިއެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ދެ އަންހެނުންނާއި ދެ ފިރިހެނުންނަށެވެ. އޭގެތެރޭގައި ދެމަފިރިން ވެސް ހިމެނެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި އިސްމާއީލް ނަމަކަށް ކިޔާ މީހާގެ ހާލު ރަނގަޅު ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާއިރު، އިސްމާއިލުގެ ވައަތު ފައި ބިންދައިގެން ގޮސްފައިވާތީ އަންގާރަ ދުވަހު ފައިގެ އޮޕަރޭޝަނެއް ކުރި ކަމަށާއި ހުރިހާ ޓެސްޓުތަކުން ވެސް އިސްމާއިލުގެ ބޮލަށާއި އެތެރެ ހައްޓަށާއި ފުރާނައަށް ގެއްލުންވާފަދަ ނުރައްކާތެރި އެއްވެސް ކަމެއް ފާހަގަ ނުވާ ކަމަށްވެސް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.
އެ އޮޕަރޭޝަނަށް ފަހު ވެސް ހައި ޑިޕެންޑެންސީ ޔުނިޓުގައި އޮތްއިރު ބަރާބަރަށް ކައިބޮއެ ވާހަކަ ދައްކާ ހަރަކާތް ކުރަމުން ދިޔަކަމަށް އާއިލާއިން ބުނެއެވެ.
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 11 އިން ފެށިގެން އެރޭ ނުވައެއް ޖަހަންދެން އަތުގެ އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔަ ކަމަށާއި އޮޕަރެޝަން ކާމިޔާބު ކަމަށް ބުނެފައި ވަނިކޮށް ކުއްލިއަކަށް “ކޮލެޕްސްވެގެން” ގަޑިއެއްހާއިރު ސީޕީއާރު ދެވުނު ކަމަށް އާއިލާއިން ބުނެއެވެ. އަދި ހަމަ އެރޭ 12 ޖަހަން އުޅެނިކޮށް އިސްމާއީލް ތިއޭޓަރުން ނެރުނީ ވެންޓިލޭޓަރުގައި ކަމަށް އާއިލާ އިން ބުންޏެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-