-Advertisement-

-Advertisement-

ޝިއުނާ އާއި މަލްޝާއަށް ޑެޕިއުޓީ މިނިސްޓަރުކަން

މާލެ ސިޓީ ކައުންސިލުގެ މީޑިއާ އެގްޒެކްޓިވް އަދި ތަރުޖަމާނު ކަމުގެ މަގާމުގައި މަސައްކަތް ކުރެއްވި މަރިޔަމް ޝިއުނާ އާއި އެ ކައުންސިލުގެ މީޑިއާ އޮފިސަރު މަލްޝާ ޝަރީފު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ މަގާމަށް އައްޔަނު ކުރައްވައިފިއެވެ.
އެ ދެބޭފުޅުންވެސް މިއަދު ވަނީ މާލެ ސިޓީ ކައުންސިލްގެ މަގާމުތަކުން އިސްތިއުފާ ދެއްވާފައިވާ ކަން އަންގަވާފައިވާއިރު އެކަން އަންގަވައި މީޑިއާ ތަކަށް މެސެޖް ފޮނުވާފައިވެއެވެ. ޝިއުނާގެ އިތުރުން މަލްޝާ ވަނީ މަގާމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރެވުނު ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލަށް ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުއިއްޒުއަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.
ޝިއުނާ އާއި މަލްޝާ އަކީވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެމްޕެއިނުގައި މަސައްކަތް މަސައްކަތުގައި އަވަދި ނެތި އުޅުއްވި ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުން ވެސް ކެމްޕެއިން ތެރޭގައި އާއި ކައުންސިލްގެ އެކިކަންކަމުގައި މީޑީއާތަކާ ވަރަށް ގާތުން މަސައްކަތް ކުރިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-