-Advertisement-

-Advertisement-

މޯލްޑިވްސް އިމިގްރޭޝަން އިން “އީގޭޓް”ގެ ޚިދުމަތް އަލުން ފަށައިފި

މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންތަކެއް އެއާޕޯޓުގައި ހަރަކާތްތެރިވަނީ. ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން (2022)

ދިވެހީންނަށް ފަސޭހައިން ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ މަގުފަހި ކުރުމުގެ ގޮތުން ކުރިން ހުއްޓިފައިއޮތް “އީގޭޓް” ޚިދުމަތް އަލުން ފަށަން އިމިގްރޭޝަންއިން ނިންމައިފިއެވެ. އިމިގްރޭޝަން ގެ ރަސްމީ “އެކްސް” ހެންޑްލްގައި މަޢުލޫމާތު ޙިއްސާކުރަމުން ބުނެފައިވަނީ މިޚިދުމަތަކީ ދިވެހީންނަށް “ސީމްލެސް ޓްރެވެލް”ގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިމިގްރޭޝަނުން އަލުން އެނެއްކާވެސް ފަށައިފައިވާ ހިދުމަތެއް ކަމަށެވެ.

އީގޭޓް ޚިދުމަތް ރާއްޖޭގެ މައި އެއާރޕޯރޓް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފުރަތަމަ ދޭން ފެށީ 25 ޖެނުއަރީ 2016 ގައެވެ. ދިވެހިރާއްޖެއަކީ ސާކުގެ ޤައުމުތަކުގެ ތެރެއިން އެންމެފުރަތަމަ އީގޭޓް ޚިދުމަތް ދޭންފެއްޓި ޤައުމެވެ.

އީގޭޓް ޚިދުމަތަކީ އިމިގްރޭޝަންގެ އޮފިސަރަކާއި ނުލައި އަމިއްލައަށް ބޯޑިންގ ވެވޭ ނިޒާމެކެވެ. މިގޮތުން ޕަސެންޖަރުގެ ބޯޑިންގ ފާހުގެ ބާކޯޑް، ބޯޑިންގ ގޭޓުގެ ސްކޭނަރުން ސްކޭންކުރުމަށްފަހު، ޕާސްޕޯޓްގެ އަމިއްލަ މަޢުލޫމާތު ހިމެނޭ ސަފްޙާ، ޕާސްޕޯޓް ރީޑަރުގައި ޖައްސަވައި ސްކޭން ކުރެއްވުމަށްފަހު، ވެރިފައި ކުރެއްވުމަށް އިނގިލީގެ ފިންގަރޕްރިންޓް ސްކޭން ކުރައްވާނީއެވެ. ވެރިފައި ވުމުން ބޯޑިން ގޭޓް ހުޅުވޭނެއެވެ. މީގެ

އީގޭޓް ޚިދުމަތް އަލުން ފެށުމުން ދަތުރުވެރިން ބޯޑިންގ ވުމަށް ކިޔުގައި މަޑުކުރަންނުޖެހި އަވަހަށް ފުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-