-Advertisement-

-Advertisement-

ހަނގުރާމަ ހުއްޓުވޭތޯ ގަތަރުގެ ވަފުދެއް އިޒްރޭލަށް

އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިންނާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ހިންގަމުން ދިޔަ ހަންގުރާމަ މި ހިންގާ ނޮވެމްބަރ 24 ވަނަ ދުވަހުން ފެށިގެން ހަތަރު ދުވަހަށް މެދުކަނޑާލާފައިވާ އިރު، އަލުން ހަމަލާ ބަދަލުކުރުން ނުފަށައި ހަނގުރާމަ ނިމުމަކަށް ގެނެވޭތޯ ބެލުމަށް ގަތަރުގެ ވަފުދެއް އިޒްރޭލަށް އިއްޔެ ވަޑައިގެންފި އެވެ.

މެދުކެނޑުމެއްނެތި 51 ދުވަސް ވަންދެން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ އަށް ދިން ވަރުގަދަ ހަމަލާތަކަށް ފަހު، ހަމަލާ ބަދަލުކުރުން ހަތަރު ދުވަހަށް މެދުކަނޑާލާފައިވަނީ، މެދުވެރިއެއްގެ ގޮތުގައި ގަތަރު ސަރުކާރުން އިސް ނަގައިގެން މިސްރާއި އެމެރިކާގެ އެހީތެރިކަމާ އެކު، ކުރެވުނު މަޝްވަރާ މަސައްކަތްތަކުންނެވެ

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގެ އާންމުންގެ 14900 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު ހަމަލާ މެދުކަނޑާލާފައިވާ ދަނޑިވަޅުގައި ގަތަރުން މަސައްކަތް ކުރަމުންދަނީ މިކަމަށް ދާއިމީ ހައްލެއް ހޯދައި ހަނގުރާމަ މުޅިން ނިމުމަކަށް ގެނައުމަށެވެ.

ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުން ގާއިމުކުރުމުގެ މުހިންމު ދައުރެއް އަދާކުރި މިސްރުން ވެސް ބުނެފައި ވަނީ އިތުރު ދުވަހަކަށް ނުވަތަ ދެ ދުވަހަކަށް ހަމަލާތައް މެދުކަނޑާލުމުގެ ފުރުސަތު އެބަ އޮތް ކަމަށް އިޒްރޭލާއި ހަމާސް އިން ވަނީ ބުނެފަވާކަމެވެ. އަދި ގަތަރުން ބުނާ ގޮތުގައި ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ މުއްދަތު އިތުރު ކުރުމަށް އެ ގައުމުގެ ވަފުދެއް އިޒްރޭލަށް ފޮނުވީ، އިޒްރޭލުން އެކަމަށް ފެހި ސިގުނަލް ވެސް ލިބުމާ ގުޅިގެންނެވެ.

ގަތަރުގެ ވަފުދުގެ ބޭފުޅުން އިއްޔެ ވަނީ އިޒްރޭލުގެ ވެރިރަށް ތަލް އަބީބަށް ވަޑައިގެން އިޒްރޭލުގެ ބައެއް ވަޒީރުންނާ އެކުގައި މަޝްވަރާ ކުރައްވައިފަ އެވެ.

ހަމަލާތައް މެދުކަނޑާލުމުގެ މުއްދަތު އިތުރުކުރުމަށް އެއްބަސްވެވޭ ކޮންމެ ދުވަހަކު އިތުރު އަސީރުން މިނިވަން ކުރެވޭނެ އެވެ. ދެ ފަރާތުގެ މެދުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން، އަސީރުން މިނިވަންކުރާނެ ނިސްބަތަކީ، ހަމާސް އިން މިނިވަންކުރާ ކޮންމެ ރަހީނަކަށް އިޒްރޭލުން ތިން އަސީރުން މިނިވަން ކުރުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-