-Advertisement-

-Advertisement-

އީވާގެ އިތުބާރު ނެތްކަމަށް ފާސްކުރަން އެމްޑީޕީގެ ތްރީލައިން ވިޕެއް

ނައިބް ރައީސް އީވާ. ފޮޓޯ: މަޖިލީސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އިތުބާރު ނެތްކަމަށް ފާސްކުރަން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ތްރީ ލައިން ވިޕެއް ނެރެފިއެވެ. ތްރީ ލައިން ވިޕެއް ނެރެން ފާސްކޮށްފައި ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕުން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށް މައުލޫމާތު ލިބެއެވެ.

ނޮވެމްބަރ 13 ވަނަ ދުވަހު އެމްޑީޕީން 50 މެންބަރުންގެ ސޮޔާއެކު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވަކިކުރަން ހުށަހަޅާފައިވާއިރު ވަކިކުރުމުގެ ނޯޓިސް އީވާގެ އިތުރުން، މަޖިލީހުގެ މެންބަރުންނަށް ފޮނުވާފައިވަނީ ނޮވެމްބަރު މަހުގެ 16ގައެވެ.

އީވާ ވަކިކުރުމަށް ހުށަހެޅި ޤަރާރުގައި ވާގޮތުން އީވާ މަޖިލީހުގެ ނައިބު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ، ކެންޑިޑޭޓުންގެ އިޤުރާރުގައި ސޮއިކުރައްވައިގެން ކަމަށެވެ. އަދި އިންތިޚާބުވެވަޑައިގަތުމުން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށް އެ އިޤުރާރުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، އަމިއްލަފުޅަށް އެދިވަޑައިގެން، އެމްޑީޕީގެ މެންބަރުކަމުން އީވާ ވަކިވެވަޑައިގެންފައިވާތީ އެ އަމަލަކީ އެ އިޤުރާރާ ޚިލާފުވުންކަން އެނގެން އެބައޮތް ކަމަށެވެ.

އަދި އެމްޑީޕީ މެންބަރުން އީވާއަށް ވޯޓުދީފައިވަނީ އެމްޑީޕީގެ ސިޔާސަތުތައް ކުރިއެރުވުން މަތީ ދެމިހުންނެވުމާއެކު އެމްޑީޕީއަށް އިހްލާސްތެރިވެވަޑައިގަންނަވާނެ ކަމަށް އިތުބާރުކޮށްގެންކަމަށް އެ ގަރާރުގައި ވެއެވެ.

ނަމަވެސް އެމްޑީޕީން ވަކިވެވަޑައިގަތުމުން އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން އީވާއަށް ކުރަމުންދިޔަ އިތުބާރު ގެއްލިފައިވާކަމަށް ވެސް އެ ގަރާރުގައި ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-