-Advertisement-

-Advertisement-

ބޭރު ޤައުމެއްގެ ޕާސްޕޯޓް އޮތް ވަޒީރުން ވަނީ ޕާސްޕޯޓް ދޫކޮށްލާފައި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓް ބައްދަލުވިން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓްގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ މަރިޔަމް މާރިޔާ އާއި ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރުގެ އަތުގައި ބޭރު ޤައުމެއްގެ ޕާސްޕޯޓް އޮންނަކަން ނިއުސްލެބަށް ވަނީ އެނގިފައެވެ. ނަމަވެސް މިދެވަޒީރުންވެސް ވަޒީރުކަމާއި ހަވާލުވުމުގެ ކުރިން ބޭރުޤައުމުގެ ރައްޔިތުކަން ދޫކޮށްލާފައިވާކަމަށް ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، ކެބިނެޓްގެ އެއްވެސް ވަޒީރެއްގެ އަތުގައި އެހެން ޤައުމެއްގެ ޕާސްޕޯޓެއް އޮތްތޯ ކަށަވަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ “ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ” އިން ވަނީ މަސައްކަތް ފަށައިފައެވެ. މިކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިކަން ބަލާ ކަށަވަރު ކުރުމަށް ނިންމާފައިވަނީ، ޤާނޫނު އަސާސީގެ 130 ވަނަ މާއްދާގެ (ހ) ގައިބަޔާން ކުރާ ވަޒީރުންގެ ޝަރުތުތަކުގެ ތެރޭގައި “ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން” ހިމެނޭތީއެވެ.

ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގައި ވާގޮތުން ވަޒީރުން މަޤާމަށް އައްޔަން ކުރާތާ 7 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ މިހިނގާ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ. ވަޒީރުން އައްޔަން ކޮށްފައިވަނީ 17 ނޮވެމްބަރ 2023 ވީ ހުކުރު ދުވަހުގެ ރޭގައެވެ.

އެހެން ޤައުމެއްގެ ޕާސްޕޯޓް އޮތްތޯ ކަށަވަރުކުރަން ކޮމިޓީއިން ނިންމީ، ރުހުން ހޯދުމަށް ފޮނުވާފައިވާ ކެބިނެޓް ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުންނަކީ ވަރަށް ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާފައިވާ ބޭފުޅުންނަށް ވާތީއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-