-Advertisement-

-Advertisement-

ޕީއެންއެފް އުފެއްދުމުގެ ހުއްދަ މާދަމާ ލިބޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި – މަލީހް

ރައީސް ޔާމީންގެ އާ ޕާޓީގެ ނަން އަދި ލޯގޯ

ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީ.އެން.އެފް) އުފެއްދުމުގެ ހުއްދަ މާދަމާ ލިބޭނެ ކަމުގެ ފެހި ސިގްނަލް އިލެކްޝަން ކޮމިޝަނުން ދީފައިވާ ކަމަށް ރައީސް ޔާމީންގެ އާ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މުހައްމަދު މަލީހް ޖަމާލު ދަނީ ޕާޓީ އުފެއްދުމުގެ އެންމެ ފަހުގެ މައުލޫމާތް އޭނާގެ އެކްސް އެކައުންޓް މެދުވެރިކޮށް އާންމުނަށް ފޯރުކޮށްދެމުންނެވެ.

ޕީ.އެން.އެފް އުފެއްދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއްގެ ގޮތުގައި މަލީހް ފާހަގަވެފައިވާއިރު އެބޭފުޅާ ވިދާޅުވީ މީގެ ކުރިން ޕާޓީ އުފައްދަން މަސައްކަތް ކުރީ ޔާމީންގެ ނަންފުޅުގައި ކަމަށެވެ. އަދި އެހެން ނަމަވެސް ގާނޫނުން އެކަމަށް ތަންނުދޭތީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުނީ އެމަނިކުފާނުގެ ދަރިކަލުން ޒެއިން ނަންފުޅުގައި ކަމަށެވެ. އަދި މުއައްސިސުންގެ ގޮތުގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް އަށް ބޭފުޅުން ތިއްބަވާނެ ކަމަށްވެސް މަލީހް ވަނީ ވިދާޅުވެފައެވެ.

މިހާރު ކުރަމުންދާ މަސައްކަތަކީ ޕާޓީއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕާޓީގެ މައުލޫމާތައް ދިނުން ކަމަށާއި ނުރަސްމީކޮށް ބައެއް ފޯމްތައް ފުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާ ކަމަށް މަލީހްވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޔާމީން ވަނީ ޕީ.ޕީ.އެމް ދޫކުރައްވާފައިއެވެ. އަދި ޕީޕީއެމް ދޫކުރައްވައި އައު ޕާޓީއެއް އުފައްދަވާފައިވާއިރު، މިހާރު އެޕާޓީގެ ނަން، ލޯގޯ އަދި ކުލަ ވެސް ވަނީ އާންމު ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-