-Advertisement-

-Advertisement-

ނަދީމްގެ މަރުގެ ދައުވާލިބޭ މީހުން ބަންދު ނުކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލަނީ

2017 ވަނަ އަހަރުގެ ޖުލައި މަހުގައި މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވެ ސަލާމަތްވި މީހުން ބަންދުކުރަން ހައި ކޯޓުން އަމުރު ނުދިން މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމައިފި އެވެ.

މިމައްސަލައާއި ގުޅިގެން ދައުލަތުން ދައުވާކުރި ފަރާތްތަކުގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވާއިރު މައްސަލަ ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން އެދުމުން ހައި ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ހައި ކޯޓުން ނިންމީ އިސްތިއުނާފް މަރުހަލާގައި އެގޮތަށް މީހުން ބަންދު ކުރެވޭނެ ގާނޫނެއް ނުވަތަ ގަވާއިދެއް ނެތް ކަމަށެވެ.

އަދި އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އިއްޔެ ނިންމާފައިވީ ނަމަވެސް މައްސަލައިގެ އަޑުއެހުންތައް އަދި ފަށާފައިއެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-