-Advertisement-

-Advertisement-

މާލޭ ސިޓީކައުންސިލުގެ ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތުލުމަށް ފުރުސަތު ހުޅުވާލައިފި

މާލެސިޓީ ކައުންސިލް ބައެްދަލުވުމެއްގެ ތެރެއިން. ފޮޓޯ: މާލެސިޓީ ކައުންސިލް

މާލޭ ސިޓީކައުންސިލްގެ ހުސްވެފައިވާ 4 ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ. ސިޓީ ކައުންސިލްގެ ބައި އިލެކްޝަނަށް މިހުޅުވާލީ މާލެ ސިޓީ މޭޔަރާއި އަދި އިތުރު 3 މެންބަރެއްގެ ގޮނޑި ހުސްވުމުން އަލުން އިންތިޚާބުކުރުމަށެވެ.

މަޤާމްތަކަށް ކުރިމަތިލުމަށް ސުންގަޑިއަކީ ޑިސެމްބަރ 13 ވާ ބުދަދުވަހުގެ މެންދުރުފަހު 14:00 އެވެ. އިންތިޚާބުގެ ވޯޓްލުން އޮންނާނީ 2024 ވަނަ އަހަރުގެ ޖެނުއަރީ 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 އަށެވެ.

މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ މަޤާމްތަކަކީ މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމާއި މާފަންނު ދެކުނުދާއިރާގެ މެންބަރާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރުގެ މަޤާމެވެ. މާލެ ސީޓީގެ މޭޔަރުގެ މަޤާމް ފުރުއްވަމުން ގެންދެވި ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވުމުން، ނޮވެމްބަރ 17 ގައި އެމަނިކުފާނު މޭޔަރު ކަމުން އިސްތިއުފާ ދެއްވީއެވެ.

ސިޓީކައުންސިލުގެ ދެން ހުސްވެފައިވާ މަޤާމްތަކުގައި ތިއްބެވި ބޭފުޅުންވެސް އާސަރުކާރުގެ މަޤާމްތަކާއި ހަވާލުވެލެއްވުމަށް ކައުންސިލް މެންބަރުކަމުން އިސްތިއުފާދެއްވީއެވެ. އެބޭފުޅުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރަކަށް ކުރިން ހުންނެވީ އާދަމް ރަމީޒާއި މާފަންނު ދެކުނު ދާއިރާގެ މެންބަރަކަށް ހުންނެވީ ޢަބްދުﷲ ނަޞީރާއި ހެންވޭރު ދެކުނު ދާއިރާ (އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި) ތަމްސީލު ކުރެއްވީ އަލްއުސްތާޒާ ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމެވެ.

މާލެ ސިޓީ މޭޔަރުކަމަށް ކުރިމަތިލުމަށް އެކި ޕާޓީތަކުގެ ބޭފުޅުން ދަނީ ސޯޝަލް މީޑިއާގައި ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އެގޮތުން ކުރީގެ ޕޮލިސް ކަމިޝަނަރު ހުސައިން ވަޙީދާއި، މިދިޔަ ސަރުކާރުގެ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފާއި މާލެ ސިޓީ މެންބަރުކަމުގައި ހުންނެވި ސައިފް ފާތިޙް އަދި ކުރީގެ ބަންޑާރަނައިބް އާޒިމާ ޝުކޫރު ވަނީ މޭޔަރުކަމަށް ވާދާކުރައްވާނެކަމަށް ވިދާޅުވެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ފަށްޓަވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-