-Advertisement-

-Advertisement-

ސައިފް ވިދާޅުވީ ރައީސް ޑރ މުއިއްޒު އަކީ މުރާލި، ކަމަށް ކަމޭ ހިތްތަވާ ބޭފުޅެއް ކަމަށް

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް. ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ރައީސް ޑރ މުހައްމަދު މުއިއްޒު އަކީ ވަރަށް މުރާލި ކަމަށް ކަމޭ ހިތްތަވާ ބޭފުޅެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު މުހައްމަދު ސައިފު ފާތިހު ވިދާޅުވެއްޖެއެވެ.

ސައިފު މިހެން ވިދާޅުވީ ވަގުތު ޓީވީގެ ތަފްސީލީ ޕްރޮގްރާމްގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސައިފު ވިދާޅުވީ ހިޔާލު ތަފާތުވުން ތަކާއިއެކުވެސް އެ މަނިކުފާނަކީ މަސައްކަތް ކުރައްވަން ދަންނަ ބޭފުޅެއްކަމަށެވެ.

ސައިފު ވިދާޅުވީ ސައިފް އިންތިހާބްވީ އެމް.ޑީ.ޕީއިން ކަމަށް އަދި ޑރ މުއިއްޒު އިންތިހާބުވެ ވަޑައިގަތީ ޕީޕީއެމްއިން ކަމުން ހިޔާލު ތަފާތު ތަކާއި ހިތްހަމަ ނުޖެހޭކަންކަން ހުރި ނަމަވެސް ޑރ.މުއިއްޒުއަކީ މަސައްކަތަށް އެއްވެސް ބުރޫއެއް ނާރުވާ ހިތް ހަމަ ނުޖެހުމާއި އެކު އަދި ޕާސަނަލް ނުވެ މަސައްކަތް ކުރައްވަން ދަންނަ ބޭފުޅެއް ކަމަށެވެ.

މީގެ އިތުރުން ސައިފު ވިދާޅުވީ ރައީސް ޑރ މުއިއްޒު އަކީ ބަދަލު ހިފާ ރޫހު ހުންނަ ބޭފުޅެއް ނޫން ކަމަށާއި ކޮންމެ ހިޔާލެއްގެ ބޭފުޅުން ތަކަކާއިއެކުވެސް މަސައްކަތް ކުރެވޭ ވަރުގެ ގާބިލިއްޔަތުކަން ހުންނެވި ޓޮލަރަންޓް އަދި ހީވާގި ބޭފުޅެއްކަމަށެވެ.

އަދި ސައިފު ވިދާޅުވީ ޑރ.މުއިއްޒު ހެނދުނު 6:30 އޮފީސް ވަޓްސް އަޕް ގުރޫޕް ހިންގަވަން ފައްޓަވާނެ ކަމަށެވެ. އަދި ރޭގަނޑުގެ 11:30 ގައިވެސް އޮފީސް ކަމެއްގައި މެސެޖް ކުރެއްވިޔަސް ޖަވާބު ލިބޭ ގިނައިރު މަސައްކަތް ކުރައްވާ ޑެޑިކޭޓަޑް ބޭފުޅެއް ކަމުގައި ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-