-Advertisement-

-Advertisement-

ލަމްހާ ދޫކޮށްލި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރާ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން އިސްތިއުނާފު ކޮށްފިއެވެ.
އޮކްޓޫބަރު، 2021 ގައި, އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ. އަދި އިންޖެކްޝަންތަކެއް ގެންގުޅުނު ކަމަށް ބުނެ އިތުރު ދެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ކުރެ އެވެ.
ޕީޖީ އޮފީހުން މައުލޫމާތު ލިބިފައިވާ ގޮތުގައި ލަމްހާ ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް މިއަދު ވަނީ ހައިކޯޓަށް ހުށަހަޅާފައިއެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވަނީ ލަމްހާ ދޫކޮށްލި ގޮތާމެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި ލަމްހާގެ ބަލި ހާލަތަކީ މުޖުތަމައުއަށް އޮތް ނުރައްކާ ކުޑަވެގެން ދާނޭ ކަމެއް ނޫން ކަމަށް ވެސް ޕީޖީ އޮފީހުގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.
ކުރިމިނަލް ކޯޓުން ލަމްހާގެ ބަލި ހާލަތައް ބެލުމަށްފަހު އޭނާ ތިން މަހަށް ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ މި ހިންގާ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ. އަދި އޭނާ ދޫކޮށްލާފައިވަނީ ރޭގަނޑު ބޭރަށް ނުދެވޭ ގޮތަށެވެ.
ލަމްހާގެ ވަކީލް މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ވަނީ ޓެގު އެޅުވުމަށްފަހު އޭނާ ބަންދުން ދޫކޮށްލަން އެދިފައެވެ. ނަމަވެސް ޤާނޫނު ބުނާގޮތުން ޓެގު އެޅުވެނީ ހަމަ އެކަނި ޓެރަރިޒަމްގެ ދައުވާކުރާ މީހުންނަށް ކަމުން ލަމްހާ ދޫކޮށްލީ ޓެގު ނާޅުވައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-