-Advertisement-

-Advertisement-

މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ބިގޭ

މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކަން އިއުލާނުކޮށްފި އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ބިގޭ އަކީ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން އިއުލާނުކޮށްފައިވާއިރު ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެވެ.

މިހިނގާ ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހު  އެމްޑީޕީ މަޖިލިސް މެންބަރުގެ މެދުގައި ނެގުނު ވޯޓުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކަމަށް ބިގޭވަނީ އިންތިހާބްވެފައިއެވެ.

އެމް.ޑީ.ޕީއަށް ޕީޖީ ލީޑަރަކު އިންތިހާބު ކުރަން ޖެހުނީ އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އިންތިހާބުކުރުމާ ގުޅިގެން ލީޑަރުކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު ކަމަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ބިގޭގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމް ކުރިމަތިލައްވާފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-