-Advertisement-

-Advertisement-

އެސްޓީއޯގެ ދަށުގައި އޮތް މިފްކޯ ވަކިކޮށްލުމުގެ މަސައްކަތް ފަށައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އޮންނަ އޮތުން ނިމުމަކަށް ގެނެސް، މިފްކޯ “ނެޝަނަލައިޒް” ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ މިފްކޯއާ ގާތުން މަސްވެރިން މަސައްކަތް ކުރުމަށާއި މިފްކޯގައި މަސްވެރިންގެ ދައުރު އިތުރު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގައި އޮތް ކަމެއް ކަމަށެވެ. އަދި އެމަގަށް ވާސިލްވުމަށްޓަކައި މިހާރު ވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިފްކޯ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގާ ނަމަ ފައިދާތަކެއް ވުމާއި އެކު މަސްވެރިންނަށް ވެސް ރަނގަޅު ކަންތައްތަކެއް ވާނޭ ކަމަށާއި އެކަމުގައި މިފްކޯ އާއި އެސްޓީއޯ އާއި ފިނޭންސް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ ހިމެނޭ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިފްކޯއާ އެކު މަސްވެރިން މަސައްކަތް ކުރާނެ މާހައުލެއް ގާއިމު ކުރައްވާނެ ކަމަށެވެ. މިފްކޯ ފުޅާ ކުރުމަށް ގިނަ ކަންކަން ކުރަން ހުރި ކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ އޭގެތެރޭގައި ކޭޝްފްލޯ ރަނގަޅު ކުރުމާއި ބޮޑުކަންނެލި މިފްކޯ އަށް ގަތުމާއި ކަނޑުއޮއްގިރި އޮޕަރޭޝަނަށް ގެންނަން ޖެހޭ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-