ސިނަމާލެ ބުރިޖުގެ ހައިވޭގައި ކުރީގެ ސަރުކާރުން ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނެގުމުގެ މަޝްވަރާތައް އެންވަޔަރަމަންޓް މިނިސްޓްރީންފަށައިފިއެެވެ. މި ޕެނަލްތައް ރަށަކަށް ބަދަލް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
“ރާއްޖެ މިއަދު ޕްރޮގްރާމްގައި އެކަމުގެ ތަފްސީލުތައް ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ، ހައިވޭގައި ސޯލާ ޕެނަލްހަރުކޮށްފައިވަނީ ވޯލްޑް ބޭންކުގެ މަޝްރޫއެއްގެ ދަށުން ވަކި ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށެވެ.
އަދި ރާވާފައި އޮތީ، އެ ކުންފުނިން އެެ ޕެނަލްތައް ވަކި މުއްދަތެއް ވަންދެން ބަލަހައްޓައި ސްޓެލްކޯއަށް ކަރަންޓު ވިއްކާ ގޮތަށް ކަމަށްވެސް މިނިސްޓަރުވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރޮލޮކޭޝަންގެ މަސައްކަތް ފައްޓަވާފައިވާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ސްޓެލްކޯއާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.