-Advertisement-

-Advertisement-

ހިޔާ ފްލެޓު ނިންމަން ހަރަދުވި ފައިސާ ދޭނަން: ފަޒުލް

ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހަރަދުވި ފައިސާ ދޭނެ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގަތީ ހިޔާގެ ކޮންމެ ފްލެޓަކަށް ބަދަލުގެ ގޮތުގައި 200،000ރ. ދިނުމަށެވެ. އެއީ 6،720 ފްލެޓު ޖުމުލަ ބަދަލަށް ބަލާނަމަ 1.34 ބިލިއަން ރުފިޔާ އެވެ.

ހިޔާ ފްލެޓުތައް ނިންމަން ފްލެޓު ވެރިންގެ އަތުން ހަރަދުވި ފައިސާ އަނބުރާ ނުދޭން ނިންމާފައިވާ ކަމުގެ ވާހަކަތައް ފެތުރެން ފެށުމުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ފަޒުލް އެކަން ދޮގުކުރައްވައި ފަޒުލް ވިދާޅުވީ ރައީސް ޑރ މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް، ހިޔާ ފްލެޓް ހަދަން ހަރަދުކުރި ފައިސާ ހިޔާ ފްލެޓުގެ ވެރިންނަށް ލިބޭނެ ކަމުގެ ޔަގީން ކަން އައުވާ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-