-Advertisement-

-Advertisement-

ޝަރުތު ހަމަނުވާ މީހުންނަށް ވެސް، މާކްސް ބަދަލުކޮށްގެން ފްލެޓް ދީފައި

ޝަރުތު ހަމަ ނުވާ ކަމަށް ގެދޮރުވެރިޔާ ޕޯޓަލް އިން ދެއްކި ނަމަވެސް، ސުޕަވައިޒް ކުރާ ފަރާތްތަކުން އެ ބަދަލުކޮށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިމައުލޫމާތު ދެއްވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަން އޭސީސީން އެންގުމާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް އެ މެންބަރުން ހާޒިރުކޮށް ސުވާލު ކުރުމުންނެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ޕޯޓަލް އިން ފްލެޓަށް އެދި ހުށަހަޅާފައިވާ ހުރިހާ ލިޔެކިޔުންތަކެއް އެއް ކުރުމަށް ފަހު އޮޓޯ އިން މާކްސްތައް ޖެނެރޭޓް ވާ ކަމަށާއި ނަމަވެސް ނަމަވެސް މާކްސްތައް އެޕްރޫވް ކުރަން ހުންނަ ފަރާތްތައް ނުވަތަ އެޕްރޫވަލްގެ މައްޗަށް ސުޕަވައިޒް ކުރަން ހުންނަ ފަރާތްތަކުން މާކްސް ބަދަލުކޮށްފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ފޯމެއްގައި ދަރިއަކު ނެތް ކަމަށް ޖަހާފައި އޮއްވާ އަދި ޑީއެންއާރްގެ ޑޭޓާތަކުން ވެސް އެކަން އެނގޭ އިރު އެޕްރޫވް ކުރަން ހުންނަ ފަރާތްތަކުން އޭނާގެ ދަރިއެއް ހުންނަ ކަމަށް ޖަހައި އިތުރަށް މާކްސް ދީފައި ހުރި ކަމަށް މިސާލެއްގެ ގޮތުން އޭނާ ވިދާޅުވިއެވެ. .އަދި ބައެއް ފަރާތްތައް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި ހުރި އިރު ލިޔެކިޔުންތަކުން އެއީ މާލޭގައި ދިރިއުޅޭ މީހެއް ނޫން ކަން ވަރަށް ސާފުކޮށް ފެންނަން އޮންނަ ކަމަށް ސަލާމް ވިދާޅުވި އެވެ. އެފަދަ ފަރާތްތަކަށް ވެސް ޝަރުތު ހަމަވާ ކަމަށް ނިންމައި ފްލެޓު ވެސް ދީފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ދާއިމީ ލިސްޓު ނެރުނު އިރު އެކަންކަން އިސްލާހު ކޮށްފައި ހުރިތޯ ތަހުގީގު ޓީމުން ބެލި ކަމަށާއި އެހެން ނަމަވެސް އެކަންކަން އިސްލާހު ކޮށްފައި ނުވާ ކަމަށާއި ފްލެޓު ދިނުން ހުއްޓުވީ އެހެންވެ ކަމަށް ސަލާމް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-