-Advertisement-

-Advertisement-

ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފައްދަން އިލެކްޝަނުން ހުއްދަދީފި

ރައީސް ޔާމީން އުފައްދަވާ އާ ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނުން މިއަދު ހުއްދަ ދީފިއެވެ.  ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންގެ ނަމުގައި ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފައްދަން ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުއެވެ. ޕާޓީ އުފްއްދުމުގެ ހުއްދައާއި ހަވާލުވުމަށް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ރައީސް ޔާމީންގެ ވަކީލް ޑރ. ޖަމީލް އާއި ކުރީގެ ޔޫތް މިނިސްޓަރ މަލީހް ޖަމާލް އަދި އެހެންވެސް އިސް އޮފިޝަލުން ވަނީ މިއަދު 14؛15 އިލެކްޝަނަށް ވަޑައިގެން ހުއްދައާއި ހަވާލުވެފައެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދުމުގެ މަސައްކަތުގައި އުޅުއްވާ ބޭފުޅަކު ނިއުސްލެބަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އަމާޒަކީ 24 ގަޑިއިރުތެރޭ 3000 މެންބަރޝިޕް ފޯމް ހަމަކުރުން ކަމަށެވެ. “ޕާޓީއަށް މީހުން ސޮއިކުރުމުގެ މަސައްކަތް މިހާރުވެސް ޕާޓީ އޮފީހުގައި ކުރިއަށް އެބަދޭ. ރައީސް ޔާމީނަށް ތާއީދުކުރައްވާ އެންމެހާ ބޭފުޅުން ޕާޓީއޮފީހަށް ގުޅުއްވައިގެން ފޯމް ފުރުއްވުމަށް ދަންނަވަން” އެބޭފުޅާ ވިދާޅުވިއެވެ.

ޕާޓިއެއް އުފައްދަވަން ރައީސް ޔާމީން ފެއްޓެވީ ޕީޕީއެމްގެ ލީޑަރޝިޕާއި މައްސަލަޖެހި، އެޕާޓީއިން ވަކިވިކަން އިއުލާން ކުރެއްވުމަށްފަހުއެވެ. ޕީޕަލްސް ނެޝަނަލް ފްރޮންޓް އަކީ ރައީސް ޔާމީން އިސްވެހުންނަވައި އުފައްދަވާ 3 ވަނަ ޕާޓީއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-