-Advertisement-

-Advertisement-

އެފްކޮންސް އިން އެދުނުގޮތަށް ވަގުތީ އަމުރެއް ސިވިލްކޯޓުން ނެރެނުދިން

އެފްކޮންސް އިން ޖުރުމާނާ ދެއްކުން ފަސްކުރަން ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލްކޯޓުން އަމުރުކޮށްފިއެވެ. އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރަމުންދާ އެފްކޮންސް އިންފްރާސްޓަކްޗަރ ލިމިޓެޑް -/69،411،800ރ އިން ޖުރުމާނާކޮށް 30 ދުވަހުގެ ތެރޭގައި ފައިސާދެއްކުމަށް އަންގާފައެވެ. އެފްކޮންސް ޖުރުމާނާކުރީ ބްރިޖްގެ މަސައްކަތުގައި އެކުންފުނިން ބޭނުންކުރި “ޔުވްރާޖް” ނަމަކަށް ކިޔާ ޕްލެޓްފޯމް، ވިލިމާލެ ހުޅަނގު ދެކުނު ފަރާތު ފަރަށް 16 އޯގަސްޓް 2022 ގައި އެރުމާއި ގުޅިގެން ފަރަށް ލިބުނު ގެއްލުމުގެ ސަބަބުންނެވެ.

އީޕީއިން ނިންމި ނިންމުން ބަދަލުކޮށްދިނުމަށް އެދި އެފްކޮންސް އިން އެންވަޔަރމަންޓް މިނިސްޓްރީއަށްވެސް ހުށަހެޅިއެވެ. ނަމަވެސް އެ މިނިސްޓްރީއިން ވަނީ އެނިންމުން ބަދަލުކުރަން ނުފެންނަކަމަށް ނިންމައި އެކަން އެފްކޮންސް އަށް އަންގާފައެވެ. މިނިސްޓްރީއިން މިގޮތަށް ނިންމުމުން އެފްކޮންސް އިން ސިވިލް ކޯޓުގައި އެދުނީ ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ވަގުތީ އަމުރަކަށެވެ. އެފްކޮންސް އިން ވަގުތީ އަމުރަކަށް އެދުނު ސަބަބުތައް ކަމުގައި ބަޔާން ކޮށްފައިވަނީ، ފަރަށް ލިބުނު ގެއްލުންތަކަކީ އެފްކޮންސްގެ ކޮންޓްރޯލުން ބޭރުން ބާރުނުފޯރުވޭ ބޮޑެތި ރާޅުތަކެއްގެ ސަބަބުން ވީ ގެއްލުންތަކެއް ކަމަށެވެ.

ސިވިލް ކޯޓުން ނިންމި ނިންމުމުގައި ވަނީ އެފްކޮންސް އިން ނެރެދިނުމަށް އެދިފައިވާ އަމުރަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ވަގުތީ އަމުރަކުން އަވަހަށް ފިޔަވަޅުއަޅަންޖެހޭ ބާވަތުގެ މައްސަލައެއްކަމަށް އެފްކޮންސްއިން ކޯޓަށް ސާބިތުކޮށްދެވިފައި ނުވާތީ މިފަދަ އަމުރެއް ކޯޓުން ނެރެދެވެން ނެތްކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-