-Advertisement-

-Advertisement-

އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

އަންނަ އަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި އެމަނިކުފާނު ވަނީ ސިޔާސި ކުރިމަގާ ގުޅޭ މައުލޫމާތުތަކެއް ހިއްސާކުރައްވާފަ އެވެ.

އެބޭފުޅާ ވިދާޅުވީ ދެން އަންނަ އިންތިހާބުގައި ކުރިމަތި ނުލައްވާނެ ކަމަށާއި، އެހެން މަސައްކަތް ވަރަށް ގިނަ ކަމަށެވެ. ނަމަވެސް ގިނައިން އުޅުއްވާނީ މާލޭގައި ކަމަށެވެ.

ނަޝީދު 19 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގަތީ އޭރު ވެރިކަމުގައި އޮތް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ލީޑަރު ކަމުގައި ހުންނައި އެ ޕާޓީގެ ޓިކެޓުގަ އެވެ. އަދި, އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންނެވި އެވެ.

އަދި އެމްޑީޕީގެ ތެރޭގައި ޖެހުނު މައްސަލަތަކުގައި އެ ޕާޓީން ވަކިވެވަޑައިގަނެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އިސްވެ އުފައްދަވާފައިވެއެވެ. ޕާޓީގެ މަގާމެއްގައި އެއްވެސް މަގާމެއްގައި ނުހުންނެވި ނަމަވެސް އެ ޕާޓީގެ އެންމެ ސީނިއާ ލީޑަރަކީ އެމަނިކުފާނެވެ.

އެމްޑީޕީއަށް ވެރިކަން ގެއްލުމާ އެކު އެ ޕާޓީން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދި އެވެ. އަދި, އެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ނުފަށަނީސް އެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-