-Advertisement-

-Advertisement-

ޕްރައިވަޓައިޒޭޝަން ބޯޑުން ވަކިކޮށް މުޣުނީ އަށް އެހެން މަޤާމެއް

މިދިޔަ ހަފްތާގައި ޕްރައިވަޓައިޒޭޝަން ބޯޑަށް އައްޔަން ކުރެވުނު ހަސަން މުގުނީ އެބޯޑުން ވަކިކޮށްފިއެވެ. ރައީސް އޮފީހުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ނެރުއްވި ނޫސްބަޔާން ނަންބަރު 2023-527 އިން ވަނީ މުގުނީ އެމަޤާމަށް އައްޔަން ކުރެވުނުކަން ހާމަކޮށްފައެވެ.

މުގުނީ އަކީ މިދިޔަ ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރކަން އަދި އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ތެރޭގައި މުގުނީ ވަނީ ރައީސް ޑރ. މުޢިއްޒަށް ތާއީދުކޮށްފައެވެ.

ނަމަވެސް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެބޯޑު އެކުލެވިފައިވާ ގޮތް ހާމަކުރިއިރު ބޯޑުގެ މެންބަރެއްގެ ގޮތުގައި ހަސަން މުގުނީގެ ނަމެއް ނެތެވެ. ނިއުސް ލެބަށް މަޢުލޫމާތު ލިބުނު ގޮތުގައި މުގުނީ ޕީސީބީއިން ވަކިކުރެވުނީ ސަރުކާރުގެ އެހެން މަޤާމަކަށް އައްޔަން ކުރުމަށެވެ.

ޕީސީބީ އަކީ ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަންކުރާ ބޯޑެވެ. މިބޯޑްގައި ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތް މެންބަރުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-