-Advertisement-

-Advertisement-

ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ފައިސާދޭނެ ގޮތާއިމެދު ހައުސިންގ މިނިސްޓަރާއި ސުވާލުކުރަނީ

ހިޔާ ފްލެޓްތަކުގެ ފިނިޝިންގގެ ގޮތުގައި ހިނގާފައި ހުރި ޚަރަދު ފްލެޓްވެރިންނަށް ދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދު ފުޅެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ މިވަޢުދު ފުއްދާވާނީ ކިހިނެތް ކޮންގޮތަކުންތޯ ބެލުމަށް، ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރުއާއި ސުވާލު ކުރައްވަނީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުއެވެ.

ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރެއްވުމަށް ނޯޓިސް ފޮނުވާފައިވާކަން މިއަދު ކުރެއްވި ޓްވީޓެއްގައި ނިޔާޒު ވަނީ ހާމަކުރައްވާފައެވެ. ނިޔާޒު އިތުރަށް ވިދާޅުވީ މިއަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި މިފައިސާ ދޭން ހަމަޖެހިފައި ނެތްކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްވާނެ ކަމަށް ވިދާޅުވި -/200،000ރ ދެއްވަން ރާވާފައިވަނީ ކޮންގޮތަކަށްތޯ ނިޔާޒު ވަނީ ސުވާލު އުފައްދަވާފައެވެ.

އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަންކުރެއްވި އިބްރާހިމް ފަޒުލް ރަޝީދު ވަނީ ހިޔާފްލެޓްތަކުގެ ފިނިޝިން އަށް ރައްޔިތުންގެ އަތުން ޚަރަދުވި ފައިސާ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް ލިބިލައްވާނެކަމަށް ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-