-Advertisement-

-Advertisement-

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހެއްގެ ހާލު ސީރިއަސް

ހުޅުމާލޭގައި 2022ވަނަ އަހަރު ހިނގި އެކްސިޑެންޓެއްގައި ސައިކަލެއް ވަރަށް ބޮޑަށް ހަލާކުވެފައި. ފޮޓޯ: ދައިރު

މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ ސައިކަލު ޖެހި އަނިޔާވި ތިން މީހުންގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ރޭ 23:26 އެހާކަންހާއިރު ވިލާ ކޮލެޖް ކައިރީގައި ދެ ސައިކަލެއް އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ އެކްސިޑެންޓްގައި ދެ ސައިކަލުގައި ތިބި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދާ ކަމަށެވެ.

މީގެ އުތުރުން ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް އަނިޔާވެގެން ފަރުވާދެމުން ދަނީ ދެ ފިރިހެނަކާއި އަންހެނަކަށް ކަމަށާއި އެ މީހުންގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ދަނީ މިއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާއި ހިނގާދިޔަ ގޮތް އިތުރަށް ތަހުގީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-