-Advertisement-

-Advertisement-

ގުރޫޕް މާރާމާރީއަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

މާލޭގައި ހިންގި ގުރޫޕް މާރާމާރީއަކާ ގުޅިގެން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މިމާރާމާރި ހިނގާފައިވަނީ ހެންވޭރުގައި ހުންނަ ޗީބޯ ކެފޭ ކައިރީގައި އިއްޔެ ހަވީރުއެވެ. މާރާމާރީގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި އެމާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު އެ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާނެއެވެ. އެއީ 18 އަހަރާއި 22 އަހަރާ އަދި 24 އަހަރުގެ ފިރިހެނުންނެވެ.

އަދި  ފުލުހުންދަނީ އެ މައްސަލަ ތަހުގީގު ކުރަމުން ނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-